ޕީޕީއެމް އާއި އެމްޑީޕީގެ ސަރުކާރު ވީ ބޮޑު ތަނުން ފެއިލް: ގާސިމް

ފެހި ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި އުފެދުނު ސަރުކާރުތައް ވީ ބޮޑު ތަނުން ފެއިލް ކަމުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިއްޔެ ވިދާޅުވެއްޖެއެވެ.
ވީޓީވީ އިން ގެނެސްދިން "ހާސްކަނޑާލާ ހަމަޖެހޭނެ" ޕްރޮގްރާމުގައި ގާސިމްގެ އިތުރުން އޭނާގެ ރަނިންމޭޓް އަމީން އިބްރާހިމާއި އިންތިހާބީ އެޖެންޓް އަލީ ވަހީދާއި ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަހުމަދު ނިހާން ވަނީ ފެހި ގާނޫނުއަސާސީގެ ދަށުން އުފެދުނު އެމްޑީޕީގެ ދެ ސަރުކާރާއި ޕީޕީއެމްގެ ސަރުކާރުގައި އެކިއެކި ދާއިރާތަކުން ހިނގި ކަންކަމުގެ ލިސްޓެއް ހާމަކުރައްވައިފައެވެ.
އޭގެތެރޭގައި ކޮރަޕްޝަނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް އެކަށީގެންވާ ތަހުގީގެއް ނުކުރެވުމާއި އިންފްލޭޝަން މައްޗަށް ގޮސް ކާބޯތަކެތި އަގުބޮޑުވުމާއި ޓޫރިޒަމް އިންޑަސްޓްރީ އެކަށީގެންވާ މިންވަރަށް ތަރައްގީ ނުކުރެވުން ފަދަ ގިނަ ކަންކަން ހާމަކުރެއްވިއެވެ.
ގާސިމް ވިދާޅުވީ ގާނޫނާ އެއްގޮތަށް ކަންކަން ކުރާނަމަ، ރާއްޖޭގެ އިސްލާމްދީނާއި އިސްލާމްދީނުގެ ހަމަތަކާ އެއްގޮތަށް ހިފަހައްޓަންޖެހޭ ކަންތައްތަކެއް ހިމެނިގެން ދާނެ ކަން ކަށަވަރު ކަމަށެވެ. މިކަންކަން ރާއްޖޭގެ ރައްޔިތުންނަށް ގެނައުމަށްޓަކައި މިއީ އެމަނިކުފާނުގެ އިސްތަށިފުޅުގައި އެޅިފައިވާ ވާޖިބެއް ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމްގެ ވާހަކައިގައި ވަނީ މިކަންކަމަށް ވަރަށް ބޮޑަށް ވިސްނެވުމަށް ފަހު ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.
ގާސިމް ވިދާޅުވި ގޮތުގައި ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް އެއްވެސް ސަރުކާރަކުން ކަންތައް ނުކުރިޔަސް، މަޑުން ތިބެނީ ގާނޫނާ އެއްގޮތަށް ކަންކަން ކުރޭތޯ ބަލާށެވެ.
"ގާނޫނާ އެއްގޮތަށް ކަންކަން ކުރާނަމަ، ރާއްޖޭގެ އިސްލާމްދީނާއި އިސްލާމްދީނުގެ ހަމަތަކާއި އެއްގޮތަށް ހިފޭއްޓިގެން ދާނެ ކަންތައްތަކެއް މީގެތެރޭގައި ހިމެނިގެން ދާނެކަން ހަމަކަށަވަރު. މިކަންކަން ރާއްޖޭގެ ރައްޔިތުންނަށް ގެނައުމަށްޓަކައި މިއީ އަޅުގަނޑުގެ ބޮލުގައި އެޅިފައިވާ ވާޖިބެއްކަމުގައި ވާތީ އަޅުގަނޑަށް ކުރެވެން ހުރި މަސައްކަތްތައް މިކުރަނީ." ރާއްޖޭގައި ހުންނެވި އެންމެ ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ