'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން އަޅާ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ވީ ކިހިނެއް؟ - ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓުތައް ލިބޭ މީހުންގެ ލިސްޓު ރިވިއު ކުރުމަށް ފަހު މިދިޔަ ފެބްރުއަރީ މަހު އާންމު ކުރި ފްލެޓު ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލާފައިވަނީ މިއަދުގެ ނިޔަލަށެވެ.
ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނީ ލިބެމުންދާ ޝަކުވާތަކަށް ބަލައި ކަންބޮޑުވުންތައް ރަނގަޅު ކުރަމުން އަންނަ ކަމަށެވެ.
ތަފްސީލް - ކުރީ ސަރުކާރުގައި އިއުލާނު ކުރި ފްލެޓު ލިބުނު މީހުންގެ ވަގުތީ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހަޅަން ފުރުސަތު ދިން އިރު، އެ ފުރުސަތުގައި އެ ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކާއި ޝަރުތު ހަމަނުވާ ކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކުން އެކި ލިޔުންތައް ޕޯޓަލްއަށް ހުށަހަޅާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފައިވެ އެވެ.
އެ މަރުހަލާތަކުގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލައި ވެރިފިކޭޝަނަށް ފަހު ނެރުނު ލިސްޓުގައި ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާ ޝަކުވާތަކަށް ބަލައި ސަރުކާރުގެ އިދާރާތަކުގައި އެ މިނިސްޓްރީއަށް ޗެކުކުރެވެން ހުރި މައުލޫމާތުތަކަށް ރިއާޔަތްކޮށް ޝަރުތު ހަމަވާކަން ސާބިތުވާ ނަމަ އެ ފަރާތްތަކަށް ހައްލު ހޯދައިދޭނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެފަދަ ފަރާތްތަކުން ޕޯޓަލްގެ ތެރެއިން ތަފްސީލާ އެކު ޝަކުވާ ހުށަހެޅުމަށް މިނިސްޓްރީން އެދިފައިވެ އެވެ.
މިއަދުގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހަމަވާއިރު ލިސްޓަށް ހުށަހެޅުނު ޝަކުވާގެ އަދަދު ސާފުވާނީ، ޕޯޓަލް ބަންދުކުރުމަށް ފަހު އެ މައުލޫމާތު ސާފުކުރުމުން ކަމަށް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.
ގުޅުން ހުރި - ގެދޮރިވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓުގެ ވެރިފިކޭޝަން ކުރިއަށް ގެންގޮސް، ފްލެޓު ލިބޭނެ ކަމަށް ޝަރުތު ހަމަވި 1،820 މީހުންގެ ލިސްޓު ވަނީ އާންމުކޮށްފަ އެވެ.
އޭގެ ތެރޭ ހިމެނެނީ:
2 ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވި 397 މީހުން
3 ކޮޓަރީގެ ފްލެޓަށް ޝަރުުތު ހަމަވި 1،423 މީހުން
ކުރީ ސަރުކާރު ނިމެމުން ދަނިކޮށް އިއުލާނު ކުރި ލިސްޓުގައި ޝަރުުތު ހަމަވާ ކަމަށް އޮތީ:
ދެ ކޮޓަރީގެ އެޕާޓުމެންޓަށް 4،939 މީހުން
ތިން ކޮޓަރީގެ އެޕާޓުމެންޓަށް 3،721 މީހުން
ފްލެޓު ލިސްޓަށް ޝަކުވާ ހުށަހަޅަން މިއަދަކީ ފަހު ދުވަސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ