އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދޭން ހިންގި ޕްރޮޖެކްޓުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވަކި ކުންފުންޏަކަށް ފައިދާ ހޯދައިދޭން ކަމަށް ބުނެ އެ މައްސަލައިގައި ކުންފުނީގެ ކުރީގެ ވެރިންނަށް ދައުވާކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަނުން އެދެފި އެވެ.
އެމްޓީސީސީގެ ހައުސިން ޕްރޮޖެކްޓުގައި 15 ބުރީގެ ދެ ޓަވަރު އަޅަން މަސައްކަތް ކުރި އެވެ. އެ ޕްރޮޖެކްޓު ހަވާލު ކުރީ ބޭރު ކުންފުންޏަކަށެވެ. ޕްރޮޖެކްޓު ހަވާލު ކުރީ އިވެލުއޭޝަން މިންގަނޑުތަކާ ހިލާފަށް އެ ކުންފުންޏަށް ޕޮއިންޓު ދީގެން ކަމަށް އޭސީސީއިން ބުނެ އެވެ.
އެ މައްސަލައިގައި ފަސް މީހެއްގެ މައްޗަށް ދައުވާ ކުރަން އޭސީސީއިން އެދުނެވެ. އެއީ ސީއީއޯގެ މަގާމުގައި ހުރި ހަސަން ޝާހު އާއި ޖީއެމްގެ މަގާމުގައި ހުރި ޝިފާއު އަލީ އާއި ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރުންގެ ގޮތުގައި ތިބި ހުސެއިން ޒުހުރީ އާއި މުހައްމަދު ނާޒިމް އަދި އިސްމާއިލް އަދުހަމް އެވެ.
އޭސީސީއިން ބުނީ އެއްބަސްވުން ބާތިލު ކުރަންޖެހޭ ފަދަ ކަންކަން ޓަވަރު އަޅަން ހަވާލު ކުރި ކުންފުނިން ކޮށްފައިވާ ކަމަށެވެ. އޭގެ ބަދަލުގައި އެއްބަސްވުން ބާތިލުނުކޮށް އެކި ނަންނަމުގައި އެ ކުންފުންޏަށް ފައިސާ ދޫކޮށްފައިވާ ކަމަށް ވެސް އޭސީސީއިން ބުނެ އެވެ.
އެ ޕްރޮޖެކްޓުން އެމްޓީސީސީއަށް 39 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވާ ކަމަށް ބުނެ އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރަން ވެސް އޭސީސީއިން ވަނީ އެ ކުންފުންޏަށް އަންގައިފަ އެވެ.
އެމްޓީސީސީ ފްލެޓުތައް އަޅަން އިއުލާނު ކުރީ ޑިސެމްބަރު، 2017، ގަ އެވެ. ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފެށީ ޑިސެމްބަރު، 2018، ގަ އެވެ. އެކަމަކު މަސައްކަތް ކުރިއަށްނުދާތީ އެއްބަސްވުން ފަހުން ބާތިލު ކުރި އެވެ. އެއްބަސްވުން ބާތިލު ކުރިއިރު، ކުރިއަށްގެންގޮސްފައި ވަނީ ފައުންޑޭޝަންގެ މަސައްކަތް އެކަންޏެވެ. އެކަމަކު އެ މަސައްކަތަށް 20 މިލިއަން ރުފިޔާ އޮތީ ހަރަދުވެފަ އެވެ.
އެމްޓީސީސީ ހައުސިން ޕްރޮޖެކްޓުން 39 މިލިއަން ރުފިޔާގެ ގެއްލުމެއް، ކުރީގެ ވެރިންގެ މައްޗަށް ދައުވާ ކުރަނީ އެމްޓީސީސީ ހައުސިން ޕްރޮޖެކްޓުން 39 މިލިއަން ރުފިޔާގެ ގެއްލުމެއް، ކުރީގެ ވެރިންގެ މައްޗަށް ދައުވާ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ