ގޫގުލްއިން އެކުންފުނީގެ "އައިޑެންޓިޓީ ޗެކް" ސެކިއުރިޓީ ފީޗާ އިތުރު ފޯނުތަކަށް ތައާރަފު ކުރުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތަކުން ދައްކައިފި އެވެ. މިހާރު މި ފީޗާ ލިބެނީ ހަމައެކަނި ސެމްސަން އަދި ގޫގުލް ޕިކްސެލް ފޯނުތަކުގައެވެ.
އައިޑެންޓިޓީ ޗެކް ފީޗަރަކީ ފޯނު ވަގަށް ނެގުމުން ބޭނުންކުރާ ފަރާތުގެ ޑޭޓާ އަދި ގޫގުލް އެކައުންޓް ރައްކާތެރިކުރުމަށް ފަރުމާކޮށްފައިވާ ފީޗަރެކެވެ. މި ފީޗާ އެކްޓިވޭޓްކޮށްފައި ހުންނަ ފޯނުތަކުގައި މުހިންމު ސެޓިންތަކަށް ބަދަލު ގެނައުމުގެ ކުރިން ބަޔޯމެޓްރިކް އޮތެންޓިކޭޝަން ބޭނުންވާނެއެވެ.
އެންޑްރޮއިޑް އޮތޯރިޓީއިން ވަނީ ވަން ޕްލަސް 13 ފޯނުގެ އެންޑްރޮއިޑް 16 ބީޓާ ވަރޝަންގައި މި ފީޗާ ފެނިފައިވާ ކަމަށް ބުނެފައެވެ. މި ފީޗާއަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ގޫގުލްއިން އެ ކުންފުނީގެ ފޯނުތަކަށް ތައާރަފުކުރި ފީޗާ އެއްގޮތް ފީޗާ އެކެވެ. ސެމްސަންގއިން މި ފީޗާ ތައާރަފުކޮށްފައިވަނީ އެންޑްރޮއިޑް 15 އަށް ބިނާކޮށްފައިވާ ވަން ޔޫއައި 7 އަޕްޑޭޓާ އެކުގައެވެ.
އެންޑްރޮއިޑް 16 އާންމުކޮށް ލިބެން ފެށުމުން އެހެން ފޯނުތަކަށްވެސް މި ފީޗާ ލިބޭނެ ކަމަށް ލަފާކުރެވެއެވެ. އެޕަލްއިން މިފަދަ ފީޗަރެއް ތައާރަފުކޮށްފައިވަނީ ނިމިދިޔަ އަހަރު އައިއޯއެސް 17.3 އަޕްޑޭޓާ އެކުގައެވެ. އެ ފީޗަރަށް ކިޔަނީ "ސްޓޯލަން ޑިވައިސް ޕްރޮޓެކްޝަން" އެވެ.
ސްމާޓްފޯނުތަކުގެ ސެކިއުރިޓީ ފީޗާތައް އިތުރުކުރުމަކީ ފޯނު އުފައްދާ ކުންފުނިތަކުން އަބަދުވެސް އިސްކަންދޭ ކަމެކެވެ. މީގެ ކުރިން، 2023 ވަނަ އަހަރު ގޫގުލްއިން ވަނީ "ފައިންޑް މައި ޑިވައިސް" ނެޓްވޯކް ތައާރަފުކޮށްފައެވެ. މި ނެޓްވޯކްގެ ސަބަބުން ގެއްލިފައިވާ ނުވަތަ ވަގަށް ނަގާފައިވާ ފޯނުތައް ހޯދުމަށް ފަސޭހަވެގެން ދިޔައެވެ.
"އައިޑެންޓިޓީ ޗެކް" ފީޗާއަކީ މިފަދަ ސެކިއުރިޓީ ފިޔަވަޅުތަކުގެ އިތުރު ފިޔަވަޅެކެވެ. މި ފީޗާ ތައާރަފުކުރުމާއެކު، ފޯނު ވަގަށް ނެގުމުން ނުވަތަ ގެއްލުމުން ބޭނުންކުރާ ފަރާތުގެ އަމިއްލަ މައުލޫމާތު ރައްކާތެރިކުރުމަށް އިތުރު ފިޔަވަޅެއް އެޅިގެންދާނެއެވެ. މިއީ ޑިޖިޓަލް ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް އަހައްމިއްޔަތުކަން ދެވެމުންދާކަން ދައްކުވައިދޭ ކަމެކެވެ.
ގޫގުލްގެ"އައިޑެންޓިޓީ ޗެކް"އިތުރު ފޯނުތަކަށް ތައާރަފްކުރަނީ ގޫގުލްގެ"އައިޑެންޓިޓީ ޗެކް"އިތުރު ފޯނުތަކަށް ތައާރަފްކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ