ތުރާކުނު މިސްކިތުގެ މަސައްކަތް ދަނީ ބާރު ސްޕީޑްގައި: އެމްޓީސީސީ

ހއ. ތުރާކުނުގައި ބިނާ ކުރާ މިސްކިތުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ދާކަމަށް އެމްޓީސީސީން ބުނެފި އެވެ.އެމްޓީސީސީން ހާމަކުރި ގޮތުގައި މި މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ، ނަމާދު ކުރާ ހޯލުގެ ރޫފް ބީމް އަދި ލެވެލް ތިނެއްގެ ސްލެބަށް ޝަޓަރިންގ އަދި ބާ ބެންޑިންގެ މަސައްކަތެވެ.ތުރާކުނުގައި އަލަށް ބިނާ ކުރާ މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގެ އެތެރެއާއި ބޭރު ފަރުމާކޮށްފައިވަނީ އިސްލާމީ ވަހުދަތު ރަމްޒުކޮށްދޭނެހެން ފަހުގެ ޒަމާނީ ސިފަތަކާއެކު އެވެ. މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 11.21 މިލިޔަން ރުފިޔާއަށް 365 ދުވަސް ތެރޭގައި ނިންމާގޮތަށެވެ. ތުރާކުނު މިސްކިތުގެ މަސައްކަތުގެ އަޕްޑޭޓެއް ކޮންޓްރެކްޓަރު މި ދިނީ ތުރާކުނު މިސްކިތުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް "ހޯރަ" އިން ރިޕޯޓް ކުރި ފަހުން ނެވެ. އިތުރަށް ކިޔާލަން: ތުރާކުނަށް ކަޅިއެއް ؛ ސުކޫލު ދެބުރީގެ އިމާރާތާއި އަލަށް ބިނާކުރާ މިސްކިތުގެ އަމަލީ މަސައްކަތް ހުއްޓިފައިވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގާ ކާމިޔާބުކަމާއިއެކު ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގަ އެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ