ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިތުރު މިސްކިތެއް އެޅުމަށް ނިންމާ ބިން ހަވާލުކޮށްފި އެވެ.އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، އެ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކުރާނީ ހެޔޮއެދޭ އަމިއްލަ ފަރާތަކުން ޚަރަދުކޮށްގެން ކަމަށެވެ. އެ މަސައްކަތަށް ކޮންޓްރެކްޓަރެއް ހަމަޖައްސާނީ ވެސް އެ ފަރާތުން ކަމަށް މިނިސްޓްރީން ބުންޏެވެ.އިސްލާމިކް މިނިސްޓްރީން ބުނީ އެ މިސްކިތް އަޅާނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ލޮޓު 22386ގައި ކަމަށެވެ. އެގޮތުން 18720.79 އަކަފޫޓުގެ އެ ބިން ދީފައިވަނީ، 2500އާއި 3000އާ ދެމެދުގެ އަދަދަކަށް މީހުންނަށް ތިބެވޭ ގޮތަށް މިސްކިތް ހަދަން ކަމަށް މިނިސްޓްރީން ބުންޏެބިން ހަވާލުކުރާ ތާރީހުން ފެށިގެން 24 މަސް ދުވަސް ތެރޭގައި މިސްކިތް އިމާރާތްކޮށް ނިންމާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.މި މިސްކިތް ނިމޭއިރު ސޯލާއާއި އޭސީ ހަރުކުރެވިފައި ހުންނާނެ އެވެ. އަދި މިސްކިތް ޑިޒައިން ކޮށްފައިވަނީ ޤުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއި ލައިބްރަރީ ހިމެނޭ ގޮތަށެވެ.ހުޅުމާލޭގައި މިހާރު އަޅަމުންދާ ދާއިމީ މިސްކިތަކުގެ ތެރެއިން ބައެއް މިސްކިތް މިއަހަރު ހުޅުވާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ