މާލޭގައި ހިންގި މާރާމާރީތަކާ ގުޅުން ހުރި ބަޔަކު ހައްޔަރުކޮށްފި

މާލޭގައި މިފަހުން ހިންގި ބޮޑެތި މާރާމާރީތަކާ ގުޅުން ހުރި ކަމުގެ ތުހުމަތުގައި މިދިޔަ ދެ ދުވަސް ތެރޭ ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ތަފްސީލް - ފުލުހުން މިރޭ މީޑިއާ އަށް ފޮނުވި މެސެޖެއްގައި ބުނީ އެ މީހުން ހައްޔަރު ކުރީ އެ މާރާމާރީތަކުގައި އެމީހުންގެ ބައިވެރިވުން އޮތް ކަމަށް ލިބުނު ރިޕޯޓުތަކާ ގުޅިގެން ކަމަށެވެ.
އެކަމުގެ ތަފްސީލު ފަހުން ދޭނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މާލޭގައި މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭ 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ވެސް ހިމެނެ އެވެ.
މީގެ އިތުރުން ހަމަ އެ ރޭ ހުޅުމާލޭގައި މާރާމާރީ ހިންގުމަށް ފަހު ފިލަން ދިޔަ ބަޔަކު ހުޅުމާލެ-މާލެ ހައިވޭ މަތިން ހުއްޓުވާ ހައްޔަރުކޮށްފައިވެ އެވެ. އެ މީހުން ހުއްޓުވި ސަރަހައްދުން މާރާމާރީ ހިންގަން ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ ހަތިޔާރާއި ވަޅިއެއް ފެނުނު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ