22 މިލިއަނަށް ހަންޏާމީދޫގެ ސްކޫލް ޢިމާރާތް ކުރަން އެމްޓީސީސީއަށް

އދ. ހަންޏާމީދޫގެ ސްކޫލް ޢިމާރާތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.
މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އއ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ދަނގެއްޗަށް މިއަދު ވަޑައިގެން، ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.
އެގޮތުން މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، ޑީސީޕީ ރިޓަޔާޑް، އަޙްމަދު ސަޢުދީއެވެ. އަދި ތައުލީމާއި ބެހޭ ވުޒާރާގެ ފަރާތުން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީޢުއެވެ.
މި މަޝްރޫޢުގެ ދަށުން، 9،500 އަކަފޫޓުގެ ސަރަހައްދެއްގައި ތިން ފަންގިފިލާގެ އިމާރާތެއް ބިނާކުރާނެއެވެ. މިއީ 22.63 މިލިއަން ރުފިޔާއަށް، 540 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ