25 އަހަރަށް ފަހު ރިޓަޔަވާ ފުލުހުންނަށް ވަޒީފާގައި ތިބޭ ފުލުހުންނަށް ލިބޭ ބޭސްފަރުވާގެ އިނާޔަތް ދެނީ

ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާ އެކު ރިޓަޔާވާ ފުލުހުންނަށް ދޭ އިނާޔަތްތައް ހިސާބުކުރުމުގައި އޮތް ލިމިޓު ބަދަލު ކުރަން ނިންމާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަހުމަދު މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފުލުހުންގެ 93 ވަނަ އަހަރީ ފާހަގަ ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ސީޕީ ވިދާޅުވީ އެ ބަދަލާ އެކު ހިދުމަތުގައި 25 އަހަރު ހޭދަކުރުމަށް ފަހު ރިޓަޔާވާ ފުލުހުންނަށް، ފުލުހުންގެ ހިދުމަތުގައި ދެމިތިބޭ މީހުންނެކޭ އެއް އުސޫލުން ބޭސްފަރުވާގެ ކަންތައް ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށެވެ.
ތަފްސީލް -  ސީޕީ ވިދާޅުވީ ފުލުހުންގެ ކަންކަން ހަރުދަނާކޮށް، އާ ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން އިސްކަންދޭ ކަމަށާއި ފުލުހުން އެދޭފަދަ އުއްމީދީ ބަދަލުތައް އެ މުވައްސަސާގެ ހިންގުމަށާއި ހިދުމަތުގެ ކުރިއެރުމަށް މި ސަރުކާރުން ގެންނަމުން އަންނަ ކަމަށެވެ.
ފުލުހުން ހަރަކާތްތެރިވާނީ އެ ހިދުމަތަށް އާއްމުންގެ އިތުބާރާއި ޔަގީންކަން ލިބޭނެ ގޮތަށް ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.
ފާހަގަ ކުރެވޭ - ރޭގެ ރަސްމިއްޔާތުގައި ދިގު މުއްދަތެއްގައި ފުލުހަށް ހިދުމަތްކުރި 27 ފުލުހަކަށް ރައީސްގެ ކުލައާއި މެޑަލް ވަނީ ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ