ދައުލަތުގެ ޚަރަދު ހުރި ވަރަށް ވުރެ 40 ޕަސެންޓު ކުޑަ ކުރަންޖެހޭ: ސިޔާމް
ދައުލަތުގެ ޚަރަދުތައް މިހާރު ހުރި މިންވަރަށްވުރެ 40 ޕަސެންޓު ކުޑަކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ. ދައުލަތުން އަންނަ އަހަރަށް ހުށަހަޅާ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓަށް ބަހުސްކުރައްވަމުން ސިޔާމް ވިދާޅުވީ ބަޖެޓު ހެދުމުގައި އިސްކަން ދޭންޖެހޭ އެންމެ މުހިންމު ކަމަކީ ބަޖެޓުގެ ޚަރަދުތައް ބެލެންސްކުރުން ކަމަށެވެ. ޚަރަދު ބޮޑުވާނެހެން ކަންކަން ކުރުމަކީ ލިބޭ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށް ސިޔާމް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ މިއަދު ރާއްޖެ މި އޮތީ ވަރަށް ދަތި ހާލުގައި ކަމަށެވެ. އެ ކަން ހާމަވަނީ މީގެ ކުރިން ވިޔަފާރީ ބޭންކުތަކުން ހަތް ޕަސެންޓު އިންޓަރެސްޓުގައި ދޫކުރި ލޯނުތަކުގެ އިންޓަރެސްޓް 11 ޕަސެންޓާ ހަމައަށް އުފުލިފައި އޮތުމުން ކަމަށް ވިދާޅުވިއެވެ. "އޭގެ މާނައަކީ އިގްތިޞާދަށް ވަންނަ ފައިސާގެ އަގު ވަރަށް ބޮޑުވެއްޖޭ. ފައިސާގެ އަގު ބޮޑުވަނީ ކީއްވެގެންކަން އެނގިލައްވާނެ އެންމެ ބޭފުޅުންނަށް ވެސް. ފައިސާގެ އަގު ބޮޑުވާންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ އަޅުގަނޑުމެންގެ ރިސްކު ބޮޑުވުން. ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވުން،" ސިޔާމް ވިދާޅުވިއެވެ. ސިޔާމް ވިދާޅުވީ އަންނަ އަހަރު ރާއްޖެއިން ދަރަންޏަށް އެއް ބިލިއަން ޑޮލަރު ދައްކަންޖެހޭއިރު، އެ ފައިސާއަކީ އަދި ދައުލަތުގައި ހުރި ފައިސާއެއް ވެސް ނޫން ކަމަށެވެ. އެ ފައިސާ ވެސް ހޯދަން ޖެހެނީ ދައުލަތުން ބޮންޑު ވިއްކައިގެން ކަމަށް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ މިއީ ޚަރަދުތައް ކުޑަކުރަން ޖެހޭ އެންމެ މުހިންމު ސަބަބު ކަމަށެވެ. "އަޅުގަނޑު ބޭނުންވޭ މި ޚަަރަދު، ދައުލަތުގެ ޚަރަދު މިހާރު ހުރި ވަރަށްވުރެ ގާތްގަނޑަކަށް 40 ޕަސެންޓު ކުޑަކުރަން. އެއީ ސަބަބަކަށް ވަނީ އަޅުގަނޑުމެންގެ މި ވަގުތު މި ހުރި ލިބޭ ފައިދާއަށް ބަލައިލާއިރުގައި އަޅުގަނޑުމެން ކުރަންޖެހޭ ޚަރަދަކީ ލިބޭ އެއްޗަކާ އެއްވަރުގެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ