މައިކްރޯސޮފްޓް ކޯޕައިލެޓަށް އާ ޝޮޕިން ފީޗާތަކެއް

މައިކްރޯސޮފްޓް ކޯޕައިލެޓްގައި އޮންލައިން ޝޮޕިންއަށް ޚާއްސަކޮށް އާ ފީޗާތަކެއް އިތުރުކޮށްފިއެވެ. މި ފީޗާސްތައް ތައާރަފުކޮށްފައިވަނީ މައިކްރޯސޮފްޓް އެޖް ބްރައުޒަރުގައި ކޯޕައިލެޓް ބޭނުން ކޮށްގެން އޮންލައިން ވިޔަފާރިތައް ފަސޭހަކުރުމަށެވެ. މައިކްރޯސޮފްޓުން މި ފީޗާތައް ތައާރަފުކޮށްފައިވަނީ ކުރިއަށް އޮތް ޗުއްޓީ ދުވަސްވަރު ވިޔަފާރި ކުރާއިރު އާންމުންނަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށް އެ ކުންފުނިން ބުނެއެވެ. އާ ފީޗާސްތަކުގެ ތެރޭގައި ތަކެތި ހެޔޮ އަގުގައި ހޯދުމާއި، ތަކެތީގެ ރިވިއުތައް ކުރުކޮށް ޚުލާސާކޮށްދިނުމާއި، ކޫޕަން ކޯޑުތައް ހޯދުމުގެ އިތުރުން، އެކި ތަކެތީގެ މެދުގައި އަޅާ ކިޔައި ރަނގަޅު ނިންމުމެއް ނިންމުމަށް އެހީތެރިވުން ހިމެނެއެވެ. https://sun.mv/212795 މިފަދަ ފީޗާސްތަކުގެ ސަބަބުން ގަންނަ ފަރާތްތަކުން ތަކެތީގެ މައުލޫމާތު ހޯދުމަށް ގިނަ ވަގުތު ހޭދަކުރަން ޖެހުމުގެ ބަދަލުގައި، ކޯޕައިލެޓް މެދުވެރިކޮށް އެންމެ ރަނގަޅު ނިންމުންތައް ވަގުތުން ވަގުތަށް ނިންމުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މައިކްރޯސޮފްޓުން މި ފީޗާތައް ތައާރަފުކުރުމާއެކު، އޮންލައިން ޝޮޕިންގެ ތަޖުރިބާ އިތުރަށް ފަސޭހަވެގެންދާނެކަމަށް ގިނަ ފަރާތަކުން ލަފާކުރެއެވެ. ގޫގުލް، އޯޕަންއޭއައި އަދި ޕާޕްލެކްސިޓީ ފަދަ ބޮޑެތި ކުންފުނިތަކާއެކު އޭއައިގެ ދާއިރާގައި ވާދަވެރިކަން އިތުރުވަމުންދާއިރު، މައިކްރޯސޮފްޓުން މަސައްކަތްކުރަނީ ކޯޕައިލެޓް މެދުވެރިކޮށް އެޖް ބްރައުޒަރުގެ ބޭނުންކުރުން އިތުރަށް ހިތްގައިމުކުރުމަށެވެ. މިގޮތުން، ބޭނުންކުރާ ފަރާތްތަކަށް ވަގުތާއި ފައިސާ ސަލާމަތްކުރުމުގެ ފުރުސަތު މި ފީޗާސްތަކުން ހޯދައިދޭނެއެވެ. ކޯޕައިލެޓްގެ އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން، އުފެއްދުންތަކުގެ ތަފްސީލުތަކާއި އަގުތައް ބަލާ، އެކި ވެބްސައިޓްތަކުން ލިބޭ މަޢުލޫމާތު އެއްކޮށް، ގަންނަމީހާ ބޭނުންވާ މައުލޫމާތު އެއްތަނުން ފޯރުކޮށްދެއެވެ. މިކަމުގެ ސަބަބުން ގަންނަ ފަރާތަށް އެންމެ ރަނގަޅު އަގުގައި އެންމެ ރަނގަޅު ތަކެތި ހޯދުމަށް އެހީތެރިވެދެއެވެ. އަދި، ތަކެތީގެ ރިވިއުތައް ކިޔައި ވަގުތު ބޭކާރުކުރުމުގެ ބަދަލުގައި، ކޯޕައިލެޓުން އެ ރިވިއުތަކުގެ މައިގަނޑު މައުލޫމާތު ވަރަށް ކުރުކޮށް ހުށަހަޅައިދެއެވެ. މައިކްރޯސޮފްޓުން ކޯޕައިލެޓްގެ އެޖް ބްރައުޒަރަށް ތައާރަފުކުރި މި ޝޮޕިން ފީޗާތަކުގެ ސަބަބުން އޮންލައިން ޝޮޕިންގެ ދުނިޔެއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ރިޕޯޓްތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ