ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި އއ. ފެރިދޫ ކައުންސިލްގެ ރައީސް އިސްމާއީލް ޝާހު ތިން މަސް ދުވަހަށް ސަސްޕެންޑު ކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ނިންމައިފި އެވެ.
އެލްޖީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފެރިދޫ ކައުންސިލްގެ އިދާރީ މުވައްޒަފަކަށް އިސްމާއީލް ޝާހު ޖިންސީ ފުރައްސާރަކުރިކަން މަދަނީ މިންގަނޑުން ސާބިތުވެފައިވާތީ އެކަމާ ގުޅިގެން ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އަންގަވައިގެން ހެދި އިންކުއަރީއަށްފަހު ކަމަށެވެ.
އެލްޖީއޭއިން ބުނީ ކައުންސިލްގެ ރައީސް އެފަދަ އަމަލުތަކެއް ހިންގެވުމަކީ ގާނޫނުން ކައުންސިލްގެ ރައީސަށް މަތިކޮށްފައިވާ ޒިންމާއާ ހިލާފުވެފައިވާ ކަމެއް ކަމަށާއި ޓްރައިބިއުނަލުން ކަނޑައަޅާފައިވާ ކަންކަމަށް ރިޔާޔަތްކުރާއިރު އިސްމާއީލް ޝާހު ގާނޫނުތަކާވެސް ހިލާފުވެފައިވާ ކަމަށެވެ.
ފެރިދޫ ކައުންސިލްގެ ރައީސްގެ މަގާޟުން އިސްމާއީލް ޝާހު ތިން މަހަށް ސަސްޕެންޑުކުރީ މުސާރަ އާއި އިނާޔަތްތައް ވެސް ނުލިބޭ ގޮތަށެވެ.
އިސްމާއީލް ޝާހު ޖިންސީ ފުރައްސާރަކުރި ކަމަށް ބުނެ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ޖޫން 16، ގައި ހުށަހެޅި މައްސަލައިގައި ސެޕްޓެމްބަރު 21، ގައި ހުކުމްކުރީ އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވާ ކަމަށާއި އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރު ނުކުރުމަށެވެ.
ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފަށް ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް ދިން ނަމަވެސް، އެ މުއްދަތުގައި އިސްމާއީލް ޝާހު މައްސަލަ އިސްތިއުނާފު ކޮށްފައެއް ނުވެ އެވެ.
އެ އިންކުއާ ގުޅިގެން ޖަވާބުދާރީވުމަށް މައްސަލަ ރައްދުވާ އިސްމާއީލް ޝާހުއަށް ހަތް ދުވަހުގެ މުއްދަތެއް އެލްޖީއޭއިން ދިނެވެ.
ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ފެރިދޫ ކައުންސިލްގެ ރައީސް ތިން މަހަށް ސަސްޕެންޑުކޮށްފި ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ފެރިދޫ ކައުންސިލްގެ ރައީސް ތިން މަހަށް ސަސްޕެންޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ