ނުރައްކާތެރިކޮށް އުޅަނދު ދުއްވުމުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ، އެ އުޅަނދު ދުއްވި މީހާ 20 އަހަރަށް ޖަލަށްލެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
“އެއްގަމު ދަތުރުފަތުރުގެ ގާނޫނު” އަލުން އެކުލަވާލަން ހުށަހެޅި މި ބިލުގައި ވަނީ ނުރައްކާތެރިކޮށް ނުވަތަ ފަރުވާ ކުޑަކޮށް އުޅަނދު ދުއްވުމަކީ ކުށެއްކަމަށެވެ. އެ ބިލުގައި ބުނެފައިވަނީ އެ ކުށުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ އަދަބަކީ 20 އަހަރަށް ޖަލަށްލުމެވެ. އަދި ކުށުގެ ސަބަބުން މީހަކަށް ބޮޑު އަނިޔާއެއްވެއްޖެނަމަ، އެ ކުށް ކުރި މީހާގެ އަމަލުގެ ކުޑަބޮޑު މިނަށް ބަލައި 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުމެއް އަންނާނެ ކަމަށް އެ ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
މީގެއިތުރުން އެ ބިލުގައި ފާހަގަކޮށްފައިވާ ގޮތުގައި ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވުމުގެ ސަބަބުން މީހަކަށް އަނިޔާވެއްޖެނަމަ، (އެއީ ބޮޑު އަނިޔާއެއް ނޫން ކަމުގައިވިޔަސް) އެ މީހެއްގެ އަމަލުގެ ކުޑަބޮޑު މިނަށް ބަލައި 5 އަހަރާއި 10 އަހަރު ދުވަހުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ބައެއް ރައީސުން ވެރިކަން ކުރެއްވި އިރު ދައުލަތުގެ ހަޒާނާ ލޫޓުވައިގެން ގެތައް އެޅުއްވި: ފަލާހް އުރީދޫގެ އޭއައި-ޕަވާޑް އީކޭވައިސީ، ގަތަރުގައި ކުރިއަށްދާ މޮބައިލް ވޯލްޑް ކޮންގްރެސްގައި ދައްކާލައިފި މާރާމާރީއެއް ހުއްޓުވައި ހައްޔަރުކުރި މީހަކަށް ފަރުވާ ދޭން އަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ