ކުރީގެ ރައީސް އަބްދުﷲ ޔާމީން ހެންވޭރުކޮޅުގައި އިމާރާތް ކުރެއްވި ގެކޮޅަކީ “ދައުލަތް ލޫޓުވާލައިގެން” ހެއްދެވި ގެކޮޅެއް ކަމަށް ވިދާޅުވެ، މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް، ޔާމީންއަށް ނުސީދާ ރައްދެއް ދެއްވައިފިއެވެ.
ކުރީގެ ރައީސުންގެ އޮފީސް ހިންގަން ދައުލަތުން މަހަކު ދޭ 175،000ރ. ކަނޑާލަން ކުރީގެ ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ، ރައީސްކަން ފުރިހަމަ އަށް އަދާ ކުރައްވާފައިވާ ބޭފުުޅުންނަށް ހިމާޔަތާއި ރައްކާތެރިކަން ދޭން ޖެހޭނެ ކަމަށެވެ. އެ ރައީސުން ކުރައްވާ ހިދުމަތަކީ އާދައިގެ ރައްޔިތަކު ކުރާ ހިދުމަތުގެ އެތައް ސަތޭކަ ގުނައެއް އިތުރު ހިދުމަތްތަކެއް ކަމަށް ފަލާހު ވިދާޅުވިއެވެ. ރާއްޖެ ކަހަލަ އާބާދީ ކުޑަ އިގްތިސާދީ ގޮތުން ހީނަރު، ހާލަތު ދަށް ގައުމެއްގައި، ސިޔާސީ ހަމަނުޖެހުން އޮތް ގައުމެއްގައި ރައީސެއްގެ މަސްއޫލިއްޔަތު އަދާކުރައްވަން އުނދަގޫވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސުންގެ ތެރެއިން އޮފީހެއް ހިންގަވައިގެން މަސައްކަތް ކުރައްވާ ރައީސަކަށް ފެނިވަޑައިގަތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެކަނި ކަމަށް ފަލާހު ވިދާޅުވިއެވެ. މައުމޫން ފައުންޑޭޝަން އުފައްދަވައިގެން ގައުމަށް އަގުހުރި ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ ސިޔާސީ މަސްރަހާ ދުރުގައި، އޭރެއްގައި އޮންނަ ސަރުކާރަކާ ދެކޮޅަށް ނުވަތަ “އަނިޔާވާ” ކަހަލަ ގޮތަކަށް މައުމޫން ވާހަކަފުޅު ދައްކަވާ ތަނެއް ނުފެންނަ ކަމަށެވެ. ނަމަވެސް ބައެއް ރައީސުން ވެރިކަން ކުރެއްވި އިރު ދައުލަތުގެ ހަޒާނާ އިން ވަރަށް ގިނަ އަދަދެއްގެ “ފައިސާ ވަގަށް ނަގައިގެން” ވަރަށް ބޮޑެތި ގެތައް އަޅުއްވާފައި އެބަހުރި ކަމަށް ފަލާހް ވިދާޅުވިއެވެ.
“އެއީ ކޮން ވެރިއެއް ކަން ނުދެންނެވިޔަސް، އެއީ ކޮން ވެރިއެއް ކަން ދިވެހި ރައްޔިތުންނަށް އެނގޭނެ މިވަރަށް ދެންނެވީމަ،” ފަލާހް ވިދާޅުވި ގޮތުގައި އެފަދަ ވެރިންގެ އޮފީސް ހަރަދު ހިންގުމަށް 175،000ރ. ދެވިގެން ވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އުރީދޫގެ އޭއައި-ޕަވާޑް އީކޭވައިސީ، ގަތަރުގައި ކުރިއަށްދާ މޮބައިލް ވޯލްޑް ކޮންގްރެސްގައި ދައްކާލައިފި މާރާމާރީއެއް ހުއްޓުވައި ހައްޔަރުކުރި މީހަކަށް ފަރުވާ ދޭން އަންގައިފި ކެބިން ކްރޫއަކަށް ވާން ބޭނުންތަ؟ މޯލްޑިވިއަން އިން ރަނުގެ ފުރުސަތެއް ބޯހިޔާވަހިކަމުގެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ