ކައުންސިލަރުންގެ އަދަދު މަދު ކުރުމަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން މިދިޔަ ހަފްތާގައި މަޖިލީހަށް ހުށަހެޅި އިސްލާހު ބައެއް ބަދަލުތަކާއެކު މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ހަފްތާ އާދިއްތަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ. އަދި ބިލު ދިރާސާ ކުރުމަށް ހޮވި ވަގުތީ ކޮމިޓީން ބިލުގެ މަސައްކަތް ނިންމައި މިއަދުގެ މަޖިލިސް ޖަލްސާއަށް ހުށަހެޅި އެވެ.
ތަފްސީލު - ކޮމިޓީން ގެނައި ބަދަލުތަކާއެކު، ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ، 54 މެންބަރުންގެ ވޯޓާއެކު އެވެ. ދެކޮޅަށް ވޯޓު ދެއްވީ،11 މެންބަރުންނެވެ.
މި ބިލުގައިވާ ގޮތުން:
2،000އިން ކުޑަ އާބާދީތަކުގެ ރަށްތަކުގައި ދެން އިންތިހާބު ކުރާނީ، ފަސް ކައުންސިލަރުންގެ ބަދަލުގައި ތިން ކައުންސިލަރުން
2،000އިން މަތީގެ އާބާދީތަކުގެ ރަށްތަކުގައި ދެން އިންތިހާބު ކުރާނީ، ހަތް ކައުންސިލަރުންގެ ބަދަލުގައި ފަސް ކައުންސިލަރުން
މާލެ ސިޓީ ކައުންސިލްއަށް ދެން އިންތިހާބު ކުރާނީ، މަޖިލީގުގައި މާލެ ދާއިރާތަކުގެ މެންބަރުން ތިބޭ ނިސްބަތަށް؛ މިހާރު އޮތް20 ވަނަ މަޖިލީގައި ތިބެނީ މާލޭގެ16 މެންބަރުން
ފުވައްމުލައް ސިޓީ ކައުންސިލަށް ދެން އިންތިހާބު ކުރާނީ، ހަތް ކައުންސިލަރުންގެ ބަދަލުގައި ނުވަ ކައުންސިލަރުން
މި ބިލު އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅިއިރު، އައްޑޫ ކައުންސިލަރުންގެ އަދަދު މަދުވެ އެވެ. އެހެންެވެ ކޮމިޓީ މަރުހަލާގައި އައްޑޫ ކައުންސިލަރުންގެ އަދަދު މަދު ނުވާނެ ގޮތަށް އިސްލާހުކޮށްފައިވެ އެވެ. ކޮމިޓީން ނިންމާފައިވާ ގޮތުން އައްޑޫ ސިޓީ ކައުންސިލަށް އިންތިހާބު ކުރާނީ، މޭޔަރާއެކު 11 ކައުންސިލަރުންނެވެ.
ގުޅޫން ހުރި - ކައުންސިލަރުން އޭނާ އިންތިހާބުވިއިރު ހުރިި ޕާޓީ ބަދަލުކޮށްފިނަމަ، ނުވަތަ އަމިއްލައަށް އެޕާޓީން ވަކިވެއްޖެނަމަ މަގާމު ގެއްލޭ ގޮތަށް މިދިޔަ 19 ވަނަ މަޖިލީހުގައި ފާސްކޮށް އަމަލު ކުރަން ފަށާފައިވާ އެންޓި-ޑިފެކްޝަން ގާނޫނުގައި އޮތީ ހިމަނާފައިވެ އެވެ. ކޮމިޓީން ބިލަށް ގެނައި ބަދަލުތަކުގެ ތެރޭގައި އެ އެގޮަތަށް ޕާޓީ ބަދަލުކޮށްފިނަމަ، ނުވަތަ ޕާޓީން އަމިއްލައަށް ވަކިވެއްޖެނަމަ އޭނާގެ މަގާމު ގެއްލޭ ގޮތަށް ހިމަނާފައިވެ އެވެ.
ކައުންސިލަރުންގެ އަދަދު މަދު ކުރާ އިސްލާހު ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ