އެމްޑީއޭ ވަކިވުމުން ފައްޔާޒް: އެމްޑީޕީ އަކީ ގަދަ ކަނޑުގަައި ކާމިޔާބު ހޯދާ ޕާޓީ

ފައްޔާޒު ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ގަދަ ކަނޑުގައި ދަތުރުކޮށް ކާމިޔާބު ހޯދާ ޕާޓީއެއް ކަމަށެވެ. އެއީ ބަލިކޮށް ނުލެވުނު ހިތްވަރެއް ކަމަށާ ގުޑުވާނުލެވުނު އަޒުމެއް ކަމަށެވެ.
އެމްޑީޕީއާއެކު ހަދާފައިވާ ކޯލިޝަން އެމްޑީއޭ އިން މިރޭ ރަސްމީކޮށް ރޫޅާލުމަށް ނިންމި ނިންމުމަށް އިހްތިރާމް ކުރާ ކަމަށް އެމްޑީޕީގެ ޗެެއާޕާސަން ފައްޔާޒް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު ވަނީ އިންތިހާބުގެ ފުރަތަމަ ބުރުގަައި އެމްޑީއޭ އިން ކޮށްދިން މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވާފަައެވެ. ފައްޔާޒު ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ގަދަ ކަނޑުގައި ދަތުރުކޮށް ކާމިޔާބު ހޯދާ ޕާޓީއެއް ކަމަށެވެ. އެއީ ބަލިކޮށް ނުލެވުނު ހިތްވަރެއް ކަމަށާ ގުޑުވާނުލެވުނު އަޒުމެއް ކަމަށެވެ."ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް،" ފައްޔާޒު ވިދާޅުވި އެވެ.އެމްޑީޕީއާއެކު އޮތް ކޯލިޝަން ރޫޅާލަން ނިންމީ މިރޭ ބޭއްވި ކައުންސިލް ބައްދަލްވުމުގައެވެ. އެ ބައްދަލްވުމުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދާ ރައީސް ސޯލިހަށް ތާއީދު ކުރަން ނިންމި ނިންމުން އަނބުރާ ގެނައުމަށް ނިންމާފައެވެ. އަދި އިންތިހާބުގެ ދެވަނަ ބުރުގަައި މުއިއްޒަށް ތާއީދު ކުރަން ނިންމާފައެވެ.އެ ހުށައެޅުން ހުށައެޅީ ކައުންސިލް މެންބަރު އަައްބާސް އެވެ. އެ ހުށައެޅުމަށް ތާއީދު ކުރީ އެ ޕާޓީގެ ނާއިބު ރައީސް އަލީ މައުރޫފެވެ. އެ ހުށައެޅުމަށް ކައުންސިލްގެ 33 މެންބަރުން ވޯޓް ދިނެވެ. ދެކޮޅަށް ވޯޓް ދިނީ ދެ މެންބަރުންނެވެ.އިތުރު ދެ ހުށައެޅުމެއް ވެސް ހުށައެޅި އެވެ. އެއީ ދެވަނަ ބުރުގަައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށާއި ރައީސް ސޯލިހާއެކު ދެވަނަ ބުރުގައި ވެސް ތިބުމަށެވެ. އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ހުށައެޅީ އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދެވެ.އެމްޑީއޭ އިން ރައީސް ސޯލިހް ދޫކޮށްލިއިރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސްގެ އަރިހުގައި ސިޔާމް ވަނީ ވަރަށް ގިނަ ރަށްތަކަށް ވަޑައިގެންފައެވެ. ކެމްޕެއިން ގައި ރައީސް ދަތުރުފުޅު ކުރެއްވީ ވެސް ސިޔާމްގެ ލޯންޗުކޮޅެއް ގައެވެ.ނަމަވެސް ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު ކެމްޕެއިން ގެ އެއްވެސް ހަރަކާތެއް ގައި ސިޔާމް ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އެމްޑީއޭ އިން ކޯލިޝަނުން ވަކިވި ކަމަށް އޭރު ވާހަކަތައް ދެކެވުމުން އެ ޕާޓީން ވަނީ އެކަން ދޮގުކޮށް ރައީސާއެކު ތިބި ކަމަށް ބުނެފައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ