ފިނިފެންމާ ލޯންޗްގައި ދިން ހަމަލާ އާއި ގުޅިގެން ތަޙްޤީޤަށް ހައްޔަރުކޮށްފައިވާ ހާމިދު އިސްމާއިލް (ހާމިދު ސޭޓް) 15 ދުވަހަށް ބަންދު ކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން ނިންމައިފިއެވެ.
ހައި ކޯޓުން ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ތާއީދު ކޮށްފައި މިވަނީ، ހާމިދުގެ ފަރާތުން ބަންދުގެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލަ ބެލުމަށްފަހު މިއަދު އިއްވި ހުކުމްގައެވެ.
ހައި ކޯޓުން ކްރިމިނަލް ކޯޓުގެ އަމުރަށް ތާއީދު ކޮށްފައި ވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުންނެވެ. ހައި ކޯޓުގެ ހުކުމްގަިއ ވަނީ ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ބަދަލު ގެންނަން ޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއްވެސް ނެތް ކަމަށެވެ.
ހާމިދު ހައްޔަރުކޮށްފައި ވަނީ މެލޭޝިއާ ފުލުހުންނާއި ދިވެހި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މެލޭޝިޔާއިންނެވެ.
އެއަށްފަހު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވަނީ މިދިޔަ އޮކްޓޮބަރު މަހުގެ 31 ވަނަ ދުވަހުއެވެ
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޮޑުބޭބެ އެއް ކަމަށްވާ ހާމިދު ހައްޔަރުކޮށްފައި ވާއިރު، ފިނިފެންމާ ލޯންޗްގައި ދިން ހަމަލާ އާއި ގުޅިގެން އޭނާގެ ގެ ކަމަށްވާ މ.ޝުރާ މަންޒިލް ފުލުހުން ވަނީ ބަލައި ފާސްކޮށް އެއްޗެހިތަކެއް ގެންގޮސްފައެވެ. .
އޭނާ ހައްޔަރު ކުރީ "ވައިބަރ" މެދުވެރިކޮށް، ރައީސް ޔާމީނަށް ނިސްބަތްކޮށް ގޮއްވާލެ ކަމަށް ބުނެ އިންޒާރު ދީފައި ވާތީއާއި، އޭނާގެ ފަރާތުން މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވާފާނެ ކަމަށް ފެންނާތީއެވެ.
އެހެންކަމުން އޭނާ 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރީ ހެއްކަށް ނުފޫޒު ފޯރުވާފާނެ ކަމަށް ފެންނާތީ އާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައެވެ.
ހާމިދު ބަންދު ކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ