ކުރިއަށް އޮތް ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް މުޅި ރާއްޖެއަށް މޫސުން ގޯސްވެ، ބޯކޮށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ލަފާކޮށްފިއެވެ.
އިއްޔެއާއި މިއަދުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ވަރަށް ބޮޑަށް ވަނީ ގޯސްވެފައެވެ. އެގޮތުން އެކި ރަށްރަށަށް އުދަ އަރާފައިވާއިރު، އޭގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ މާލެ ސަރަހައްދަށެވެ. މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ސިފައިން ވަނީ ފެން ހިންދުމުގެ މަސައްކަތް ވެސް ކޮށްފައެވެ.
އާންމުކޮށް ޖޫން އަދި ޖުލައި މަހަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖެއަށް ކުރާ ދުވަސްވަރެކެވެ. އެހެންނަމަވެސް، މި އަހަރުގެ މި ދުވަސްވަރު ފެށިގެން ދިޔައީ އެލް ނީނޯގެ ސަބަބުން ދުނިޔެ އާދަޔާ ހިލާފަށް ހޫނުވުމުގެ އަސަރުތަކާ އެކުގައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ބުރާސްފަތިން ފެށިގެން ކުރާ ވިއްސާރަގަނޑަށްފަހު އާދީއްތަ ދުވަހުން ފެށިގެން މޫސުން އަލިވާން ފަށާނެއެވެ.
“މިއަދަށްވުރެ މާދަމާގެ ދިޔަވަރު ބޮޑުވާނެ ކަމަށް ލަފާކުރެވޭ. ރާއްޖޭގެ އިރުމަތީ އަދި ހުޅަނގުބިތުގައި ބޮޑެތި ބާނިތައް އެބަހުރި. އެހެންވީމާ، މާދަމާ އުދަ އެރުމުގެ ފުރުސަތު ބޮޑުވާނެ،” މެޓް އޮފީހުން ބުންޏެވެ.
ސެޓެލައިޓުން ލިބޭ މައުލޫމާތަށް ބެލުމަށްފަހު މޫސުމަށް ސަމާލުވުމަށް އަންގައި އިތުރު އެލާޓްތައް ނެރޭނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ. ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ވިލާގަނޑުގައި ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީއާއި އުދައިގެ ނުރައްކާ އޮތުމުން، ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި އާންމު ރައްޔިތުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ބިންހެލުންތައް ކުރިއާލައި އެނގޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަނީ ދޮގު މައުލޫމާތު: މެޓް ރާއްޖޭގެ މޫސުމަށް ބަދަލު އަންނަނީ ހަމައެކަނި އެލްނީނޯއިން އެކަންޏެއް ނޫން: މެޓް އޮފީސް ވައިގަދވެ ކަނޑުތައް ގަދަވާނެ: ޔެލޯ އެލާޓް ނެރެފި އުތުރާއި މެދުރާއްޖެތެރެއ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ