ސަރުކާރުން ފަހިގޮތެއް ހޯއްދަވައި ދެއްވާނެކަން ޔަޤީން: ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން

މާލެހިޔާ އަދި ސިނަމާލޭގެ ފްލެޓްތައް ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކުރުމާއެކު އެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ އުއްމީދަކީ ހައުސިން މިނިސްޓްރީކަމަށް އެ ފަރާތްތަކުން ބުނެފިއެވެ.މާލޭ ސިޓިގެ ކައުންސިލްގެ ބެލުމުގެ ދަށުގައި މާލެ ހިޔާ އަދި ސިނަމާލޭގެ ފްލެޓްތައް ހުރި އިރު އެތަންތަނަށް އެކި މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. އެގޮތުން އެ ފްލެޓްތަކުގައި ފެން ލީކުވުމާއި ކުނީގެ މައްސަލަތަކަކީ އިންތިހާއަށް އެ ފްލެތަކުގައި ދިރިއުޅޭ ފަރާތްތަކުން ތަހައްމަލު ކުރަން ޖެހުނު މައްސަލަތަކެކެވެ. އެ ކަންތައްތައް ހައްލުކުރުމުގެ ގޮތުން އެ ފަރާތްތަކުން ވަނީ އެކި ފަހަރުމަތިން މާލޭ ސިޓީ ކައުންސިލަށް ގޮސް ކައުންސިލަރުންނާ އެކަންތައްތައް ހިއްސާކޮށްފައިވާކަމަށް އެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ބުނެއެވެ. އެހެންނަމަވެސް އެ މައްސަލަތަކަށް ހައްލު ހޯދައިދޭނެ ކަމަށްބުނެ ކޮންމެ ފަހަރަކުވެސް އެ ވާހަކަ ފަސްލާ ފޮރުވާލާކަމަށް އެ ފަރާތްތައް ބުނެއެވެ. އަދި އެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެހީވުމުގެ ގޮތުން ބަހައްޓާފައި ހުންނަ މެއިންޓެނެންސް އޮފީސްވެސް ކައުންސިލުން ނެގުމަށްފަހު އެ އޮފީސް ނުހުޅުވާކަމަށްވެސް  ބުނެއެވެ. އެތައް ފަހަރެއްގެ މަތިން ކައުންސިލަށް އެދުމުންވެސް އެހީވެ ނުދިނުމުން އަމިއްލައަށް މަރާމާތުކޮށްގެން އުޅޭކަމުގެ ޝަކުވާވެސް އެރައްޔިތުން ކޮށްފައިވެއެވެ.  
ފްލެޓުގައި ދިރިއުޅޭ ފަރާތްތަކުން އަމިއްލައަށް މަރާމާތް ކޮށްފައިވާ ކުޑަދޮރެއް ފޮޓޯ: ޗެނަލް 13
ކުނި ނައްތާލުމަށް ހަދާފައިވާ ވެންޓުތައް ކުރިން މަސައްކަތްކުރި ނަމަވެސް މާލޭގެ ކުނި ނައްތާލުމުގެ ކަންކަން ވެމްކޯއާއި ހަވާލުކުރެވުމުން މާލޭ ސިޓީ ކައުންސިލުން އެ ވެންޓުތައް ބަންދުކޮށް އެފަރާތްތަކަށް ކުނި އުކާލުމަށް އުދަގޫތަކާ ކުރިމަތި ކުރުވަމުން ދިޔަކަން އެ ފަރާތްތަކުން ފާހަގަ ކުރިއެވެ. ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ޚިޔާލުތައް މިހެން ހުރިއިރު މާލޭގައި ރައީސުލް ޖުމްހޫރިއްޔާ ކުރިއަށްގެންދެވި ދޮރުން ދޮރަށް ކެމްޕެއިންގައި އެފަރާތްތަކާއި ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރެއްވުމުން އެ ފަރާތްތަކުގެ ހާލަތު އެ ފަރާތްތަކުން ވަނީ މިނިސްޓަރ އާއި ހިއްސާކޮށްފައެވެ. އަދި އެ ފަރާތްތަކުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު މިނިސްޓަރ ވަނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން މާލޭ ހިޔާއާއި ސިނަމާލޭގެ ފްލެޓްތައް ނެގުމަށްފަހު ހައުސިން މިނިސްޓްރީގެ ދަށަށް ގެންގޮސްފައެވެ. މި ކަމުން އެފަރާތްތަކަށް މުޅިން އާ އުއްމީދުތަކެއް ލިބެމުން ދާކަމަށް ވަނީ ބުނެފައެވެ. މާލޭ ހިޔާ އަދި ސިނަމާލެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ދިމާވެފައިވާ ދަތިތައް މާލެސިޓީ ކައުންސިލަށް ނުކުރެވުނު ނަމަވެސް ހައުސިން މިނިސްޓަރ މުޙައްމަދު މުޢިއްޒު ވަނީ އެ މިނިސްޓްރީގެ ބެލުމުގައި ދަށުގައި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ދަތިތައް ހައްލު ކޮށްދެއްވާނެ ކަަމަށް ވިދާޅުވެފައެވެ.
މާލެ ސިޓީ ކައުންސިލް
ހައުސިން މިނިސްޓްރީ
ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު
އިދުހާމް ނައީމް
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
ސަރުކާރުން ފަހިގޮތެއް ހޯއްދަވައި ދެއްވާނެކަން ޔަޤީން: ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން
3 މިނެޓް ކުރިން
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ރަސްމީ ނަން: ސިނަ-ދިވެހި ދާލަން
7 ގަޑި ކުރިން
އެން.ސީ.އޭ. ޓެލެޑްރާމާ މުބާރާތުގެ އެވޯޑް ހަފްލާ އާއްމުންނަށް ހުޅުވާލައިފި
8 ގަޑި ކުރިން
ފެނަކަ އެމްޑީ ލަމްޢާންގެ އަބުރު ކަތިލުމަށްޓަކައި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކޮށްފި!
10 ގަޑި ކުރިން
ހައުސިން މިނިސްޓަރ މުއިއްޒުގެ ފާޑު ކިޔުން އިބޫއަށް!
13 ގަޑި ކުރިން
ސެޕްޓެމްބަރ މަސްތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވޭތޯ މަސައްކަތް ކުރާނަން - މިނިސްޓަރ ނާޒިމް
15 ގަޑި ކުރިން
ފެނަކަ އެމްޑީ ލަމްޢާންގެ އަބުރު ކަތިލުމަށްޓަކައި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކޮށްފި!
10 ގަޑި ކުރިން
ސެޕްޓެމްބަރ މަސްތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވޭތޯ މަސައްކަތް ކުރާނަން - މިނިސްޓަރ ނާޒިމް
15 ގަޑި ކުރިން
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ރަސްމީ ނަން: ސިނަ-ދިވެހި ދާލަން
7 ގަޑި ކުރިން
މުޙައްމަދު ނަޝީދު ކުރެއްވި ޓްވީޓާއި ދެކޮޅަށް ޢިލްމުވެރިން ނުރުހުން ފާޅުކޮށްފި
21 ގަޑި ކުރިން
މަޝްހޫރު ޢިލްމުވެރިޔާ މުފްތީ މެންކް އަދި ޑރ. ޔާސިރް ގަދީ، ޑރ. ޝަހީމްއަށް މަރުޙަބާ ދަންނަވައިފި
20 ގަޑި ކުރިން
އެން.ސީ.އޭ. ޓެލެޑްރާމާ މުބާރާތުގެ އެވޯޑް ހަފްލާ އާއްމުންނަށް ހުޅުވާލައިފި
8 ގަޑި ކުރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ