ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްގެ މައްސަލައެއް ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ގާޒީ ހައިލަމާ ބެހޭ ގޮތުން ޖޭއެސްސީއަށް ހުށަހަޅާފައިވާ ޝަކުވާގެ މައްސަލައެއް ބަލަން ޖޭއެސްސީން ނިންމީ މިއަދު އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމުގަ އެވެ. ޖޭއެސްސީގެ ރައީސް އަބްދުﷲ އަރީފު ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުމުގައި ޖޭއެސްސީއަށް އަލަށް އައްޔަން ކުރެއްވި ގާނޫނީ ވަކީލުންގެ މެންބަރު އަބްދުލްމާނިއު ހުސައިން ބައިވެރިވެވަޑައިގެންނެވި އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމްގެ މައްސަލައެއް ޖޭއެސްސީން ބަލަން ނިންމިއިރު، ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާ ގުޅިގެން ޖޭއެސްސީން އެކުލަވަލައިލި ރިޕޯޓެއް ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ.
ކްރިމިނަލް ކޯޓުގެ ވަކިވަކި ފަނޑިޔާރުން ބަލަމުންދާ މައްސަލަތަކުގެ އަދަދު ވެސް ފާހަގަކޮށްފައިވާ އެ ރިޕޯޓުގައި ގާޒީ ހައިލަމް ހަވާލުވެވަޑައިގަތީ އެންމެ ހަ މައްސަލައާ އެވެ. އެހެން ގާޒީންނަށް ބަލާއިރު ކޮންމެ ގާޒީއަކު ވެސް 20 އަށްވުރެ ގިނަ މައްސަލައާ ހަވާލުވެވަޑައިގެންފައިވެ އެވެ.
ގާޒީ ހައިލަމްގެ މައްސަލައެއް ޖޭއެސްސީން ބަލަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ