މަސައްކަތްކުރާ އުމުރުގެ ދިވެހި ފިރިހެނުންނަށްވުރެ ބިދޭސީ ފިރިހެނުންގެ އަދަދު ގިނަ

ރާއްޖޭގައި މަސައްކަތްކުރާ އުމުރު ފުރާގައި ދިވެހި ފިރިހެނުންނަށްވުރެ ބިދޭސީ ފިރިހެނުންގެ އަދަދު ގިނަ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ހާމަކޮށްފި އެވެ.
ދުނިޔޭގެ އާބާދީ ދުވަހާއި ގުޅިގެން އެމްބީއެސް އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި 590،079 މީހުން ދިރިއުޅޭ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
މީގެ ތެރެއިން 196،024 މީހުންނަކީ ބިދޭސީން ކަމަށްވާއިރު ބިދޭސީންގެ އާބާދީގެ ތެރެއިން 174،005 މީހުންނަކީ ފިރިހެނުންނެވެ.
އެމްބީއެސް އިން އާންމުކުރި ތަފާސްހިސާބު
މަސައްކަތު އުމުރު ފުރާގެ ތެރެއިން އުމުރުން 20 އަހަރާއި 40 އަހަރާ ދެމެދުގައި ބިދޭސީންގެ އަދަދު ވަރަށް ބޮޑަށް އިތުރުކަން އެމްބީއެސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގެ އެވެ.
އެމްބީއެސް އިން ހާމަކުރި ގޮތުގައި ރާއްޖޭގައި ދިރިއުޅޭ ކޮންމެ ތިން މީހުންގެ ތެރެއިން އެކަކީ ބިދޭސީއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ