އާޖެންޓީނާ އޮތީ ގަދަކޮށް، އިތުރު ވަގުތުގައި ދެ ލަނޑު ޖަހައި ސެމީއަށް

ސްވިޒަލެންޑުން ނަތީޖާ އެއްވަރުކުރީ މެޗުގެ 67 ވަނަ މިނިޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަރިމަތިން އަރައި ފޮނުވާލި ހަމަލާއަކުން ޑޭން އެންޑޯއީއެވެ. އޭގެ ކުރިން ބްރީލް އެމްބޫލޫ އާއި ގްރޭނިޓް ޒާކާ ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް އާޖެންޓީނާގެ ކީޕަރު އެމީ މާޓިނޭޒް ވަނީ ހުށިޔާރުކަމާ އެކު ދިފާއުކޮށްފައެވެ.
ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ދެ ޓީމު އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގެ ތެރޭގައި އާޖެންޓީނާ އިން ވަނީ މެޗުގެ ކޮންޓްރޯލް ނަގައިފައެވެ. އެގޮތުން 112 ވަނަ މިނިޓުގައި ހޫލިއަން އަލްވަރޭޒް އޭރިއާ ބޭރުން ފޮނުވާލި މޮޅު ހަމަލާއަކުން އާޖެންޓީނާ އަށް އަލުން ލީޑު ހޯދައިދިނެވެ. އަދި މެޗުގެ އެންމެ ފަހު މިނިޓުގައި ކައުންޓާ އެޓޭކެއްގައި ލަޓައުރޯ މާޓިނޭޒް ޖެހި ލަނޑާ އެކު އާޖެންޓީނާ އިން ވަނީ ސެމީގެ ޖާގަ ކަށަވަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ