އެކްސިޑެންޓުވީއިރު ކާރުން ޑްރަގު ފެނުނު މައްސަލައިގައި ޒުވާނަކު ހައްޔަރުކޮށްފި

އެކްސިޑެންޓުވި ކާރުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް އޮއްވައި ފެނުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ލަގްޒަރީ، ގދ. މަޑަވެލި، ޤައިސް ޢަބްދުﷲ އަނީސް (27 އ) އެވެ. އޭނާގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމުގެ ތުހުމަތެވެ. ކްރިމިނަލް ކޯޓުގެ އަމުރުން އެނގޭ ގޮތުގައި އޭނާ އެކްސިޑެންޓުވި ކާރުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް އޮއްވައި ވަނީ ފެނިފައެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތީގެ ވަގުތީ ނަތީޖާއިން ސީއޭޓީ، އޭއެމްޕީއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާއަކީ މި ބާވަތުގެ ކުށުގެ ރެކޯޑު އޮތް މީހެކެވެ. އޭނާގެ މައްޗަށް ވަނީ އިއްޔެއިން ފެށިގެން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިފައެވެ. މި މައްސަލައިގައި އޭނާ ވަކީލަކަށް އެދިފައިވާތީ، އެ ފުރުސަތު ކޯޓުން ވަނީ ދީފައެވެ. އަދި ވަކީލަކު އައްޔަނުކުރުމުން އަލުން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހުށަހެޅުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ