ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާ ދިމާކޮށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރާ ކަދުރު، މިއަހަރު ލިބުން ލަސްވަނީ ކަދުރު މޫސުން ލަސްވުމުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ސައުދީން ރާއްޖެއަށް ހަދިޔާކުރާ ކަދުރު މިއަހަރު ލިބޭނެ ކަމަށް ލަފާކުރެވެނީ ފަހު ދިހައިގައި ކަމަށެވެ. އަދި ސައުދީން ހަދިޔާކުރަން ހަމަޖެހިފައިވަނީ 50 ޓަނުގެ ކަދުރު ކަމަށް ބުންޏެވެ.
ސައުދީން އާންމުކޮށް ރާއްޖެއަށް ހަދިޔާކުރަނީ 50 ޓަނުގެ ކަދުރެވެ. ނަމަވެސް މިދިޔަ އަހަރު ހަދިޔާ ކޮށްފައިވަނީ 25 ޓަނުގެ ކަދުރެވެ.
ނަމަވެސް މިއަހަރު ސައުދީން ލިބޭ ކަދުރު ބަހާނެ ގޮތެއް އިސްލާމިކް މިނިސްޓްރީން އަދި ނުބުނެ އެވެ.
ސައުދީން ކަދުރު ލިބުން ލަސްވަނީ ކަދުރު މޫސުން ލަސްވުމުން: މިނިސްޓްރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ