ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އަލުން ސަރުކާރާއި ގުޅުމަކީ ލިބުނު ވަރަށް ބޮޑު ޝޮކެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ ދުންޔާ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމާއި ހަވާލުވެވަޑައިގަތުމާއި ގުޅިގެން އޭނާގެ ޕަބްލިކް ވައިބާ ގުރޫޕްގައި ކުރައްވާފައިވާ މެސެޖެއްގަ އެވެ.
ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް އައްޔަންކުރައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ވަނީ ވިދާޅުވެފައެވެ.
ދުންޔާގެ ނިންމެވުމާ ގުޅިގެން އުމަރު ވިދާޅުވީ ދުންޔާ މައުމޫން ސަރުކާރަށް އަލުން ވަޑައިގަތުމަކީ ލިބުނު ވަރަށް ބޮޑު ޝޮކެއް ކަމަށެވެ. އުމަރު ވިދާޅުވީ ދުންޔާގެ މި ނިންމެވުމާއި ގުޅިގެން ފަސް ބެލުމެއް އަދި ހުއްޓުމެއްވެސް ނެތް ކަމަށެވެ. އަދި ތެދުވެރިކަމާއި ދިމާއަށް މާޗް ކުރެއްވުމަށް އޭނާގެ ސަޕޯޓަރުންނަށް އުމަރު ވަނީ އިލްތިމާސްކުރައްވާފަ އެވެ.
"ދުންޔާ ސަރުކާރަށް އަލުން ވަޑައިގަތުމަކީ ލިބުނު ޝޮކެއް. އެކަމަކު ފަސް އެނބުރި ބެލުމެއްނެތް، ހުއްޓުމެއް ނެތް. ތެދުވެރިކަމާ ދިމާއަށް މާޗް ކުރައްވާ،" އުމަރު ވިދާޅުވެފައިވެ އެވެ.
ދުންޔާ އަލުން ސަރުކާރާއި ގުޅިވަޑައިގަންނަވަން ނިންމެވި ސަބަބާ ގުޅޭގޮތުން އެކަމަނާ މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވަނީ އެއީ ދުންޔާގެ އަމިއްލަފުޅު ނިންމެވުމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ނިންވެވުމަށް ތާއީދު ނުކުރައްވާ ކަމަށްވެސް އެދެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.
ދުންޔާގެ ނިންމެވުމާއި މެދު އުމަރު ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، އުމަރު މިސަރުކާރުގެ ހޯމް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށްފަހު ރައީސް މައުމޫނާއި ގުޅިގެން ސަރުކާރުގައި ހުރި ނުރަނގަޅު ކަމަށް އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ ކަންކަމާއި ގުޅޭގޮތުން ގެންދަވަނީ ފާޅުގައި ފާޑުވިދާޅުވަމުންނެވެ.
ދުންޔާ ސަރުކާރަށް ދިއުމަކީ ލިބުނު ޝޮކެއް: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ