ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން ހޯދުމަށް ފުލުހުން އިއުލާނުކޮށްފި އެވެ.
ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ގއ. ވިލިނގިލި އަޅިވިލާގެ އުމުރުން 36 އަހަރުގެ ސައުދު ހުސައިން ހޯދަމުންދާ ކަމަށެވެ. ސައުދު ހުސައިންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒު ކްރައިމް ޑިޕާޓްމެންޓަށް ގުޅައިގެން އެ މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފަ އެވެ.
ސައުދު ހޯދުމަށް އިއުލާނުކޮށްފައިވާ އިރު، މިދިޔަ އަންގާރަ ދުވަހު ރޭ ވެސް ސައުދު ހައްޔަރުކޮށްފައިވެ އެވެ. އެހެން ނަމަވެސް ކޯޓުއަމުރުގައި ހުރި މައްސަލަތަކަކާއި ގުޅިގެން އޭނާ ވަނީ ފަހުން ދޫކޮށްލާފަ އެވެ.
އޭނާ އެފަހަރު ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީޙުން ކަނޑައަޅާފައިވަނިކޮށް، ފުލުހުންގެ ސަފުތައް ފަޅާލައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާކަމުގެ ތުހުމަތުގައެވެ. އެހެން ނަަމަވެސް އަމުރުގައި ހައްޔަރުކުރުމަށް ބޭނުންވާ ސަބަބުގެ ގޮތުގައި ހިމަނާފައިވާ ބައިގައި ވަނީ މުހައްމަދު އަމީތު އަހްމަދު މަނިކުގެ ނަމެވެ.
ސައުދު ހޯދުމަށް ފުލުހުން މަސައްކަތް ކުރާ އިރު، ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އަހްމަދު އަމީތުވެސް ހައްޔަރުކޮށްފަ އެވެ.
މީގެ އިތުރުން މިދިޔަ ހަފްތާގެ ހޯމަ ދުވަހު ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އިރު އަންގާރަ ދުވަހު ވަނީ އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފަ އެވެ
ސައުދު، އަމީތު އަދި ވަހީދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުންނާއި މަޖިލީހުން ކަނޑައަޅާފައިވާއިރު، ގޮނޑި ގެއްލުނު މައްސަލައިގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމާފައި ނުވެ އެވެ. އެ މައްސަލަ އެ މެމްބަރުން ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށްވެސް ހުށައަޅުއްވަފަ އެވެ. އަދި އެ މައްސަލާގެ ޝަރީއަތްތައް ވަރަށް އަވަހަށް ފަށާނެކަންވެސް އެ ކޯޓުން އެ މެމްބަރުންނަށް އަންގާފައިވެއެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ހޯދުމަށް ފުލުހުން އިއުލާންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ