ޖުމްހޫރީ ޕާޓީގެ ލީޑަރު އޮންރަބަލް ގާސިމް އިބްރާހިމް މިއަދު ކޯޓަށް ހާޒިރުކުރާތީ ވީހާވެސް ގިނަ ރައްޔިތުން ކޯޓުކައިރިއަށް ދިޔުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
ރައީސއް ނަޝީދު މިހެން ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ކޯޓުތަކަށް ނުފޫޒު ހިންގާވާ ކަމަށެވެ. އަދި ގާސިމް އިބްރާހިމް އަނެއްކާވެސް ކޯޓަށް ހާޒިރު ކުރާއިރު ވީހާވެސް ގިނަ ރައްޔިތުން ކޯޓު ދޮށަށް އެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ގާސިމްގެ މައްޗަށް ދައުލަތުން ކުރާ ރިޝްވަތު ހުށަހެޅުމުގެ ދައުވާގެ މިއަދުގެ އަޑުއެހުން މިއަދު 13:30 އަށް ތާވަލްކޮށްފައިވާއިރު މި އަޑުއެހުން ސިއްރުކޮށްފައިވާކަމަށް ގާސިމްގެ ވަކީލާ ހިސާން ހުސައިން ވަނީ ވީނިއުސްއަށް ކަށަވަރު ކޮށްދީފައެވެ.
ގާސިމް އިބުރާހިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ އާއި ގުޅިގެން އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ ހުސްވި މަހުގެ 25 ވަނަ ދުވަހުއެވެ. މިގޮތުން އެދުވަހުގެ އަޑުއެހުމުގައި ވަނީ ވަކީލަކު އައްޔަނު ކުރުމަށް ގާސިމް އިބުރާހިމަށް 10 ގަޑިއެއްހާއިރުގެ ފުރުސަތެއްދީ މިދި ޔަމަހުގެ 25 ވަނަ ދުވަހުގެ ރޭ އިތުރު އަޑުއެހުމެއް ބޭއްވުމަށް ނިންމާފައެވެ. އެހެން ނަމަވެސް އެ ރޭ ބާއްވަން ތާވަލުކުރި އަޑުއެހުން ގާސިމް އިބުރާހިމްގެ ސިއްހީ ހާލުކޮޅު ހުރިގޮތުން ވަނީ އެމަނިކުފާނު ކޯޓަށް ހާޒިރު ކުރިފަހުން ކެންސަލްކޮށްފަ އެވެ.
ގާސިމްގެ މައްޗަށް ކުރާ ތިން ދައުވާގެ ތެރެއިން މިއަދު ކޯޓުގައި ބާއްވާ އަޑުއެހުމަކީ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހަޅަން އުޅުއްވިކަމަށް ބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ކުރާ ދައުވާ އެވެ.
ގާސިމް ކޯޓަށް ހާޒިރު ކުރާއިރު ވީހާވެސް ގިނަ ރައްޔިތުން ކޯޓު ދޮށަށް އެއްވުމަށް ނަޝީދު ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ