ފަހެލި (ފްލެކްސިބަލް) ސްމާޓްފޯނު އުފެއްދުމުގެ ރޭހަށް އިތުރު ބަޔަކު ކުރިމަތިލަނީއެވެ. މިފަހަރު ޗައިނާގެ ސްމާޓްފޯނު އުފައްދާ ކުންފުންޏެއް ކަމަށްވާ ޝޯމީއެވެ. ރިޕޯޓުތައް ބުނާގޮތުން ޝޯމީއިން ދަނީ ފަހެލި ފޯނެއް އުފެއްދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދަމުންނެވެ.
ޝޯމީގެ ފަހެލި ޑިސްޕްލޭ ސްމާޓްފޯނު ދައްކާލައިފައިވަނީ 30 ސިކުންތުގެ ވީޑިއޯއެއްގައި ކަމަށް "އިންކުއަރާ" ނޫހުން ރިޕޯޓު ކުރެއެވެ. ޖިޒްމޯޑޯ ޗައިނާ އިން ޢާންމު ކޮށްފައިވާ މި ވީޑިއޯގައި ފޯނު ލަންބާ ތަނެއް ނުފެނެއެވެ. ނަމަވެސް ވީޑިއޯއިން ފެންނަނީ ލަންބާލެވިފައިވާ ޑިސްޕްލޭއެކެވެ. އަދި ޓަޗަށް ވަރަށް އިޖާބީ (ރެސްޕޮންސިވް)ވެސް މެއެވެ.
ފަހެލި، ލަންބާލެވޭ އަދި ފަތްޖަހާލެވުމަކީ ސްމާޓްފޯނުތަކުގެ މުސްތަޤުބަލެވެ. ޗައިނާގެ ލިނޯވޯ ކުންފުނިން ވަނީ މި އީޖާދީ ކޮންސެޕްޓްގެ ދެ އުފެއްދުމެއް މިއަހަރުގެ ތެރޭގައި ދައްކާލައިފައެވެ. އެކައްޗަކީ އޮޅާލެވޭ ފޯނެކެވެ. އަނެކައްޗަކީ ފައްޖަހާލައިގެން ފެބްލެޓަކަށް ބަދަލުކޮށްލާ ޓެބްލެޓެކެވެ.
ލިނޯވޯ ގެ އިތުރުން ކޮރެއާގެ ސެމްސަންގް އިން ފަހެލި ފޯނެއް އުފެއްދުމަށް މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެއެވެ. އަދި އަންނަ އަހަރުގެ ތެރޭގައި އޮޅާލެވޭ ފޯނެއް ސެމްސަންގް އިން ދައްކާލާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޝޯމީ އިން ފަހެލި ޑިސްޕްލޭއަކާއެކު ފޯނެއް އުފައްދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ