ރާޖްގެ އާ ފިލްމު 'ޓޯސްޓަ'ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފި

ބޮލީވުޑްގެ އެކްޓަރު ރާޖް ކުމާރު ރާއޯ އާއި އަންހެނުން އަދި ބަތަލާ ޕަތްރަލެކާގެ އަމިއްލަ ފިލްމު ކުންފުންޏާއި ނެޓްފްލިކްސް ގުޅިގެން އުފައްދާފައިވާ ފިލްމު "ޓޯސްޓަ"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ. ވިވެކް ދާސް ޗައުދަރީ ޑައިރެކްޓްކޮށްފައިވާ މި ޑާކް ކޮމެޑީ އަކީ، އާދައިގެ ކަމަކަށް މީހެއްގެ ހިތުގައި އުފެދޭ ހަރުކަށި ވިސްނުމެއްގެ ސަބަބުން ކަންތައްތައް ކޮންޓްރޯލުން ނެއްޓިގެންދާ ގޮތް ދައްކުވައިދޭ، ތަފާތު އަދި ވަރަށް ޝައުގުވެރި ވާހަކައަކަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ފައިސާ އިސްރާފުކުރުމާ ދެކޮޅަށް މީހަކު ގެންގުޅޭ ހަރުކަށި އުސޫލުތަކުގެ ސަބަބުން ކުރިމަތިވާ ހީވެސް ނުކުރާ ފަދަ މަޖާ އަދި ހަލަބޮލި ހާދިސާތަކެއްގެ މި ފިލްމުން ބެލުންތެރިން ތަޖުރިބާކުރާނެއެވެ. ފިލްމު "ޓޯސްޓަ"ގެ މަންޒަރެއްގައި ރާޖް އަދި ސާނިޔާ--ފޮޓޯ/އިންޑިއާޓުޑޭ ރާޖްކުމާރު ރާއޯ އާއި ސާނިޔާ މަލްހޯތުރާ މައިގަނޑު ރޯލުތަކުން ފެންނާނެ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ޓްރެއިލާ އިން ފެންނަ ގޮތުގައި ރާޖްކުމާރުގެ ކެރެކްޓަރަކީ ސަލާމަތްކުރެވޭ ކޮންމެ ރުޕީީސްއަކީ ލިބޭ ބޮޑު ކާމިޔާބީއެއް ކަމަށް ގަބޫލުކުރާ މީހެއްގެ ކެރެކްޓާއެވެ. ނަމަވެސް، ކައިވެންޏަކަށް ހަދިޔާކުރި ޓޯސްޓަރެއް ބޭނުންނުކޮށް ބާއްވާފައި އޮތުމުން، އެ ހޯދަން އޭނާ ކުރާ މަސައްކަތުގެ ތެރެއިން މުޅި މާހައުލު ބަދަލުވެ، އާދަޔާ ހިލާފު ކަންތައްތަކެއް ހިނގަން ފަށާ މަންޒަރު ފިލްމުގެ ޓްރެއިލާއިން ދައްކުވައިދެއެވެ. ރާޖް އާއި ސާނިޔާގެ އިތުރުން މި ފިލްމުން ފެންނާނެ މުހިއްމު ތަރިންގެތެރޭ، އަރްޗަނާ ޕޫރަން ސިންގް، އަބީޝެކް ބެނަޖީ، ފަރާ ޚާން، އުޕެންދްރާ ލިމާޔޭ، ވިނޯދު ރާވަތު، ޖިތެންދްރާ ޖޯޝީ އަދި ސީމާ ޕަހްވާ ހިމެނެއެވެ. މި ފިލްމާ ބެހޭގޮތުން ވާހަކަ ދައްކަމުން ރާޖް ބުނީ، މިއީ އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް 'ކަމްޕާ ފިލްމްސް'އިން އުފެއްދި ފުރަތަމަ ފިލްމަށް ވާތީ މިއީ އޭނާއަށާއި އަނބިމީހާ ޕަތްރަލެކާއަށް ވަރަށް ހާއްސަ ފިލްމެއް ކަމަށެވެ. އަދި ހަމައެއާއެކު ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ޕަތްރަލެކާ މަސައްކަތް ކުރުމަކީ ވެސް ފިލްމު އިތުރަށް ހާއްސަވާ ސަބަބެއް ކަމަށް ރާޖް ވަނީ ބުނެފައެވެ. ޕަރްވީޒް ޝައިޚް، އަކްޝަތު ގިލްޑިއާލް އަދި އަނަގް މުކަރްޖީގެ ސްކްރީންޕްލޭއަކަށް ތައްޔާރުކޮށްފައިވާ މި ފިލްމުގެ ޑައިލޮގްތައް ލިޔެފައިވަނީ އަކްޝަތު ގިލްޑިއާލްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ