ލޯކަލް ކައުންސިލް އިންތިހާބުގައި ހދ ކުރިނބީ ރައީސް އަބުދުﷲ އަސްލަމަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވެއްޖެ އެވެ.
ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ އަސްލަމަކީ ކުރިނބީގެ ރައީސްގެ އިތުރުން ހދ އަތޮޅު ކައުންސިލްގެ ނައިބު ރައީސްވެސްމެ އެވެ.
ކުރިނބީ ރައީސްގެ މަގާމަށް އަސްލަމްގެ އިތުރުން އެމްޑީޕީގެ ޓިކެޓްގައި މުހައްމަދު ސިޔާހް އާއި އަމިއްލަގޮތުން އަލީ ވިސާމް ކުރިމަތިލެއްވި އެވެ. 235 ވޯޓުގެ ބޮޑު ތަފާތަކާއެކު އެ ގޮނޑި ކާމިޔާބުކުރެއްވީ އަލީ ވިސާމެވެ.
130 ވޯޓާއެކު އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ސިޔާހް ދެވަނައިގައި އުޅޭއިރު އެންމެ ފުލުން ތިންވަނާގައި އުޅެނީ އަސްލަމެވެ. އޭނާއަށް ލިބިވަޑައިގެންނެވީ 128 ވޯޓެވެ.
ކުރިނބީ ރައީސް އަސްލަމަށް ނާކާމިޔާބު، ގޮނޑި ކާމިޔާބުކުރެއްވި އަމިއްލަ ކެނޑިޑޭޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ