ބަންގްލަދޭޝްގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ، 98 ކުދިން މަރުވެއްޖެ

ބަންގްލަދޭޝްގައި ހަލުވިކަމާއެކު މީސަލްސް (ހިމަބިހި) ފެތުރެމުންދާތީ، ފާއިތުވި ތިން ހަފްތާގެ ތެރޭގައި އެ ބަލީގައި މަދުވެގެން 98 ކުދިން މަރުވެފައިވާ ކަމަށް އެގައުމުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ވެކްސިން ދިނުމުގެ މަސައްކަތް އެގައުމުން މިހާރު ވަނީ ވަރުގަދަކޮށްފައެވެ.
މި ކާރިސާގެ ސީރިއަސްކަން ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިގް ރަހުމާން ވަނީ ދެ ވަޒީރަކު ގައުމުގެ އެކި ހިސާބުތަކަށް ދަތުރުކުރައްވައި ހާލަތު ބެއްލެވުމަށް އަންގަވާފައެވެ.
މީސަލްސް އަކީ ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ. މިއީ ކެއްސުމާއި ކިނބިހިއެޅުމުގެ ތެރެއިން ވައިގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ. މި ބަލީގެ ސަބަބުން ސިކުނޑި ދުޅަވުމާއި ނޭވާލާ ނިޒާމަށް ސީރިއަސް މައްސަލަތައް ކުރިމަތިވެ، ފުރާނައަށް ނުރައްކާވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ