ޕީޕީއެމް ހިންގުމުގެ ބާރު ރައީސް އަބްދުﷲ ޔާާމީނަށް ލިބޭ ގޮތަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން އަމިއްލަ މީހަކު ހުށަހެޅި މައްސަލައިގެ ތެރެ އަށް ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ތަދައްހުލުވެވަޑައިގެންފަ އެވެ.
މައުމޫންގެ ދަރިކަނބަލުން ޔުމްނާ ވިދާޅުވިގޮތުގައި އިސްތިއުނާފް މައްސަލައިގެ ތެރެ އަށް ވަދެވަޑައިގަތުމަށް މައުމޫން މިއަދު ހައި ކޯޓަށް ފޯމު ވަނީ ހުށަހަޅުއްވާފައެވެ. އެ މައްސަލަ މައުމޫން ފަރާތްފުޅުން ކުރި އަށް ގެންދަވަނީ ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް އަހްމަދު މުއިއްޒެވެ.
ޕީޕީއެމް އަށް ކުރި ހުކުމް އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހެޅީ އައްބާސް ވާފިރު، ސ. ހުޅުދޫ ފެންފިޔާޒުވިލާ އެވެ.
އޭނާއަކީ ޕީޕީއެމްގެ އާންމު މެމްބަރެކެވެ. އޭނާ އެ މައްސަލަ ހުށަހަޅާފައިވަނީ އިސްތިއުނާފް ކުރުމުގެ މަސައްކަތް ރައީސް މައުމޫން ފެކްޝަނުން ކުރިއަށް ގެންދަމުން ދަނިކޮށެވެ.
ޕީޕީއެމްގައި ޙިޔާލުތަފާތުވުން އުފެދި ދެ ބަޔަކަށް ބެހިފައިވާއިރު ދެ ފަރާތުންވެސް ވަނީ "އަސްލު" ޕީޕީއެމް ކަމަށް ބުނެ އަޑުއުފުލާފައެވެ. ސިވިލް ކޯޓުން ވަނީ ޕީޕީއެމް ހިނގުން ރައީސް ޔާމީނަށް ހަވާލުކުރައްވާފައެވެ. ނަމަވެސް ރައީސް މައުމޫން ފެކްޝަނުން މިކަން ގަބޫލުނުކުރެއެވެ.
އިސްތިއުނާފް މައްސަލައިގެ ތެރެއަށް ވަދެވަޑައިގަތުމަށް މައުމޫން ހައި ކޯޓަށް ފޯމު ހުށަހަޅުއްވާއިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ