ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާއި ގުޅިގެން ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ ތަހުގީގަށް ސޯޝަލް މީޑިއާގެ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) ލަންކާގައި ހުއްޓާ ހައްޔަރުކޮށްފައިވާއިރު އޭނާ ހައްޔަރުކުރުމަށް ލަންކާ ފުލުހުން ކުރިއަށްގެންދިޔަ ވީޑިއޯ ލަންކާގެ ނޫހަކުން އާންމުކޮށްފި އެވެ.
އެ ނޫހުގައި އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ ލަންކާ ފުލުހުން، ލަންކާފައި ޝުމްބާ އުޅޭ ގެއަކަށްވަދެ އޭނާއާއި ސުވާލުކުރާ މަންޒަރާއި އެގެ ބަލާ ފާސްކުރާ މަންޒަރެވެ.
އެންމެ ފުރަތަމަ ފުލުހުން ބުނަނީ އެއްބާރުލުން ދޭންވާނެ ކަމަށެވެ.
އެގޭގައި ކީއްކުރަނީތޯ އެހުމުން ޝުމްބާ ބުނެފައިވަނީ މަންމަ ކައިރިއަށް ޒިޔާރަތްކުރީ ކަމަށެވެ. މަންމަ ކޮބާތޯ އެހުމުން ޝުމްބާ ބުނަނީ މަންމަ ވީ ބޭރުގައި ކަމަށާއި އަދި ނާންނަ ކަމަށެވެ. އެކުގައި ހުރީ ކޮން އަންހެންކުއްޖެއްތޯ އެހުމުން ޝުމްބާ ބުނެފައިވަނީ އެއީ އާއިލީ ރައްޓެއްސެއް ކަމަށެވެ.
ޝުމްބާގެ ފޯނު ލަންކާ ފުލުހުން އަތުލާ މަންޒަރު ވީޑިއޯއިން ފެނެ އެވެ. އަދި އެއަށްފަހު ފުލުހުން ވަނީ ޝުމްޕާގެ ކޮޓަރި ބަލައި ފާސްކޮށްފަ އެވެ. ބައިވަރު ފޮށިތަކެއް ބަންދުކޮށްފައިވާރި ޝުމްބާ އަތުން އަތުލި ފޯނުގެ އިތުރުން ދެ ސްމާޓްފޯނު އެ ކޮޓަރިން ފެނެ އެވެ. އަދި ކޮމްޕިއުޓަރު ރޫޅާލާފައިވާއިރު ކޮމްޕިއުޓަރުގެ ހާޑުތައް ހުރީ ފާހާނާ ތެރޭގަ އެވެ. އެ ހާޑްތައް ފާހާނައިގާ ހުރީ ކީއްވެތޯ އެހުމުން ޝުމްބާ ބުނަނީ ހަމަ ބެހެއްޓީ ކަމަށެވެ.
ހައްޔަރުކުރުމަށްފަހު ޝުމްބާ މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ. އަދި ބަންދުގެ މުއްދަތަށް 15 ދުވަސްވެސް މިހާރުވަނީ ޖަހާފަ އެވެ.
އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) ލަންކާއިން ހައްޔަރުކުރާ ވީޑިއޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ