އެމްޑީޕީއާ އެކު "ނުހުރެވޭނެ" ކަމަށް ވިދާޅުވެ، އުމަރު ޖޭޕީން ވަކިވެވަޑައިގެންފި

ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން އިދިކޮޅު އެމްޑީޕީއާ އާއި ޖޭޕީން އެއްބަސްވުމާ އެކު، ހޯމް މިނިސްޓަރު އުމަރު ނަސީރު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި އެވެ.ވެރިކަންކުރާ ކޯލިޝަންގައި ޖޭޕީ އޮތް އިރު އެ ޕާޓީ އަށް ކެބިނެޓުން ލިބުނު ސްލޮޓެއްގައި ހޯމް މިނިސްޓަރު ކަމަށް ވަޑައިގެންނެވި އުމަރު ދެންމެއަކު "ހަވީރަ"ށް ވިދާޅުވި ގޮތުގައި ޖޭޕީން ވަކިވާން ހުށަހެޅުއްވީ، އެމްޑީޕީ އާއި ޖޭޕީ ގުޅިގެން ފުރަތަމަ ފަހަރަށް އާއްމު ބައްދަލުވުމެއް ބޭއްވި ރޭ ކަމަށްވާ، މިދިޔަ ބުދަދުވަހު އެވެ. އަދި މިހާރު ޖޭޕީން ރަސްމީކޮށް ވަކިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ."ގާސިމަކީ އަޅުގަނޑުގެ ވަރަށް ގާތް، އިހުތިރާމްކުރާ ބޭފުޅެއް. ވިޔަފާރީގައި ވެސް އަޅުގަނޑުގެ މެންޓޯއެއް. އެކަމަކު ސިޔާސީ ކަންކަމުގައި އަޅުގަނޑަކީ އަމިއްލަ މަގު ހިޔާރުކުރާ މީހެއް. އަޅުގަނޑު ގާސިމަށް ދެންނެވިން، އެމްޑީޕީއާ އެކު ވަޑައިގަންނަވާ ކަމަށްވާ ނަމަ އަޅުގަނޑަކަށް ނުހުރެވޭނެއޭ،" އުމަރު ވިދާޅުވި އެވެ.ޖޭޕީން ވަކިވެވަޑައިގަތުމަށް ފަހު އޭނާ އަދި އެއްވެސް ޕާޓީއަކަށް ސޮއެއް ނުކުރައްވަ އެވެ. ސަރުކާރު ހިންގާ ޕީޕީއެމަށް ސޮއިކުރައްވަން ވިސްނަވަންތޯ ދެންނެވުމުން، އެ ޕާޓީގެ އިންތިގާލީ ނައިބު ރައީސްގެ މަގާމު ވެސް ކުރިން އަދާކުރެއްވި އުމަރު ވިދާޅުވީ "އަދި އަޅުގަނޑު މިހުރީ އިންޑިޕެންޑެންޓް މީހެއް"ގެ ގޮތުގައި ކަމަށެވެ. ގާނޫނުއަސާސީގެ ދިފާއުގައި ކަމަށް ބުނެ އެމްޑީޕީ އާއި ޖޭޕީން ގުޅިގެން މަސައްކަތް ފަށާފައި ވާއިރު، އުމަރު ކުރިން ވެސް ވިދާޅުވެފައި ވަނީ ނަޝީދާ "އެއް އޮޑިއަކަށް ނޭރޭނެ" ކަމަށެވެ. އަދި ނަޝީދަށް ތާއީދު ކުރައްވަން ގާސިމް ނިންމަވައިފި ނަމަ އޭނާއާ ދުރަށް ވަޑައިގަންނަވާނެ ކަމަށް، 2013ގެ ރިޔާސީ އިންތިހާބުގެ ތެރޭގައި އޭނާ ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ