ސަރުކާރަށް މަޖިލީހުގައި އޮތް މެޖޯރެޓީ ވެސް ގެއްލި އެމްޑީއޭ އަށްވެސް އޭގެ ލޮޅުންތައް އަރަން ފަށައިފި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިއަދު ކުރައްވާފައިވާ ޓްވިޓެއްގައި ވިދާޅުވެފައިވަނީ، ސަރުކާރަށް އޮތް މަޖިލީހުގެ މެޖޯރެޓީ ވެސް ގެއްލި، އެމްޑީއޭ އަށްވެސް އޭގެ ލޮޅުންތައް އަރަން ފަށާފައިވާ ކަމަށާއި، ޖުމްހޫރީ ޕާޓީން ދިޔަ މެމްބަރުންވެސް ތިއްބެވީ ގުޑާފައި ކަމަށާއި އަދި ޗޭނު ޖަހާފައިވާ ރައީސް މައުމޫނަށް ވަފާތެރި މެންބަރުންވެސް މިހާރު ތިެއްބެވީ ގުޑާފައި ކަމަށް އުމަރުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ. "އިސާހިތަކު މީތި ރޫޅި ކުދިކުދި ވެގެން ފައިބަން ފަށާނެ" އުމަރު ވިދާޅުވެފައި ވެއެވެ.
އުމަރު ނަސީރު މީގެކުރިން ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ، ޖުމްހޫރީ ޕާޓީން އެހެން ޕާޓީތަކަށް ބަދަލުވެ ވަޑައިގެންނެވި މަޖިލިސް މެމްބަރުން ބޭއިންސާފާއި ކޮރަޕްޝަނުން މިގައުމު ސަލާމަތްކުރުމަށްޓަކައި އަނބުރާ ޖޭޕީއަށް އައުމަށް ގޮވާލައްވާފައެވެ. ގައުމު ސަލާމަތްކުރުމުގެ ބާރުއޮތީ މެމްބަރުންގެ އަތްޕުޅުގައި ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސް މައުމޫން އަދި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބުުދުﷲ ގުޅިގެން އިސްލާހީ ޚާއްސަ މަސައްކަތްތަކެއް ފަށާފައިވާއިރު، އެ މަސައްކަތްތަކުގައި އުމަރު ބައިވެރިވެވަޑައިނުގަންނަވާތީ ގިނަ ބަޔަކު ގެންދަނީ އެކަމާއި ގުޅޭގޮތުން ސުވާލު ކުރަމުންނެވެ.
އަދި މިސަރުކާރާއި ރައީސް ޔާމީނަށް އުމަރު ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާއިރު، އިދިކޮޅު ފަރާތްތަކާއި ގުޅިގެން މަސައްކަތް ނުކުރަނީ ބިރުންކަމަށް ބުނެ ބައެއް ފަރާތްތަކުން އުމަރަށް ގެންދަނީވެސް ފާޑުވެސް ކިޔަމުންނެވެ.
މީގެ ކުރިން އުމަރު ވިދާޅުވީ އެމްޑީޕީއާއި ނަޝީދު މަސައްކަތް ކުރައްވާ ކޯލިޝަނެއްގައި އޭނާ މަސައްކަތް ނުކުރައްވާނެކަމަށާ ނަމަވެސް ހަތަރު ލީޑަރުން ގުޅިގެން ކުރަމުންދާ މަސައްކަތަށް ތާއީދުކުރައްވާކަމަށެވެ.
ސަރުކާރަށް މަޖިލިސް މެޖޯރިޓީ ގެއްލި، އެމްޑީއޭވެސް ގުޑަން ފަށައިފި: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ