ޖަމްއިއްޔަތުއްސަލަފުގެ ފަރާތުން ދޭ “އީދު އިމުގެ ތެރޭގައި” އިނާމު، އިސްލާމީ ހަމަތަކާއި ދީނީ އިމުގެ ތެރެއިން މިއަހަރުގެ ބޮޑު އީދު ފާހަގަކުރި ރަށްރަށުގެ ކައުންސިލްތަކާއި ޖަމިއްޔާތައް ހިމެނޭހެން 11 ފަރާތަކަށް މިއަދު ދީފިއެވެ. ސަލަފުން ބުނީ މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު އުފާ ފާޅުކުރުމަށް ހިންގާ ހަރަކާތްތައް ދީނީ ހަމަތަކުގެ މަތިން ކުރިއަށްގެންދާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ހާއްސަ އިނާމެއް ކަމަށެވެ.
އިސްލާމީ އިމުތަކުގެ ތެރެއިން ބޮޑު އީދު ފާހަގަކުރި ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ މި އެވޯޑަށް ހުޅުވާލުމުން 15 ފަރާތަކުން ކުރިމަތިލާފައިވާ އިރު، އިނާމު ލިބޭ ފަރާތްތައް ކަނޑައެޅީ އެ ޖަމްއިއްޔާއިން ހަދާފައިވާ ހާއްސަ އުސޫލުތަކަކަށް ބަލައިގެންނެވެ. 1446 ވަނަ އަހަރު ދޭން ފެށި މި ހިތްވަރުދިނުމުގެ އިނާމު ދޭ މިއީ 2 ވަނަ ފަހަރެވެ.
މި އިނާމު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ހޮވުނު ރަށްތަކާއި ޖަމިއްޔާތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސާއެވެ. މި ރަސްމިއްޔާތުގައި ޖަމްއިއްޔަތުއްސަލަފުގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގަތެވެ.
އިނާމު ލިބުނު ފަރާތްތަކުގެ ތެރޭގައި އދ. މާމިގިލި، ލ. މާވަށް، އއ. ހިމަންދޫ، ރ. ކިނޮޅަސް އަދި މ. ދިއްގަރު ކައުންސިލްގެ އިތުރުން ރަށްރަށުގެ ބައެއް އަމިއްލަ ޖަމިއްޔާތަކާއި އަވަށު އޮފީސްތައް ހިމެނެއެވެ.
ޖަމްއިއްޔަތުއްސަލަފުން ބުނިގޮތުގައި، މި އެވޯޑުގެ މައިގަނޑު މަގުސަދަކީ އީދު އުފާ ފާޅުކުރުމަކީ ދީނީ ޝިއާރަކަށް ވުމާއެކު، މުންކަރާތްތަކުން ދުރުވެތިބެ، އިސްލާމްދީނުގެ ހުދޫދުގެ ތެރޭގައި އުފާފާޅުކުރުމަށް ހިތްވަރުދީ އެކަން އާލާކުރުމެވެ. އަދި މިކަމުގެ ސަބަބުން ރަށްރަށުގައި ދީނީ އިމުގެ ތެރެއިން އީދު ފާހަގަކުރުމުގެ ރީތި އާދަ އަށަގަންނާނެއެވެ.
ބީއެމްއެލް ހައުސިން މަޝްރޫއުގެ ކުރެހުންތައް ނިމި އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ: ތަރުޖަމާނު މަޖީދީމަގު އިމާރާތަކުން ވެއްޓި ދެ ބިދޭސީއަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ ސާނޭގެ މޮޅު ފެށުމާއެކުވެސް ޖަރުމަނުގެ ޑިފެންސް ރޫޅި، ގްރޫޕް ސްޓޭޖު ހިތްދަތި ގޮތަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ