ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ވިލިމާލޭގައި ކުރިއަށްގެންދާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއު ފިޔަވައި އެހެން ހުރިހާ މަޝްރޫއުތަކެއްގެ ކުރެހުންތައް ނިމި، އަމަލީ މަސައްކަތް ފަށާ ހިސާބަށް ގޮސްފައިވާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ “ޕްރެސަރ ވިތު ދަ ސްޕޮކްސް” ސިލްސިލާގެ 6 ވަނަ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ތަރުޖަމާނު ވިދާޅުވީ ބީއެމްއެލްއާ ހަވާލުކުރި މަޝްރޫއުތަކުގެ މަސައްކަތްތައް މިހާރު ކޮންޓްރެކްޓަރުންނާ ހަވާލުކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން އެ ކުންފުނީގެ ކެޕޭސިޓީ ހުރުމުން، ކުރިން ހަވާލުކުރި 3،260 ހައުސިން ޔުނިޓުގެ އިތުރަށް 710 ހައުސިން ޔުނިޓު އެ މަޝްރޫއުތަކަށް އިތުރުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
މާލީ އިދާރާތަކުން ދޭ ލަފަޔާ އެއްގޮތަށް ސަރުކާރުން މާލިއްޔަތު ރަނގަޅު ކުރަން މަސައްކަތް ކުރި ނަމަވެސް، ރައްޔިތުންގެ އަސާސީ ހިދުމަތްތަކާ ގުޅޭ މަޝްރޫއުތައް ހުއްޓާނުލާނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އަދި ސަރުކާރުން ކުރިއަށްދާނީ އިގުތިސާދީ މަސައްކަތްތަކާއި ރައްޔިތުންގެ ބޭނުންތައް ބެލެންސް ކުރައްވައިގެން އެންމެ ފަހިގޮތް ހޯއްދަވައިގެން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއު ހިނގާނީ ނުފޫޒުން އެއްކިބާވެގެން: ރައީސް ބީއެމްއެލްގެ އާ ޕްރޮގްރާމްގެ ދަށުން 30 މުވައްޒަފަކު ޗާޓަޑް ބޭންކަރުންނަށް ހަދަނީ ބީއެމްްއެލް އިން ޓޫރިޒަމަށް ދޫކުރި ލޯނުގެ އަދަދު 500 މިލިއަން ޑޮލަރަށްވުރެ މައްޗަށް 30 ޕަސެންޓްގެ ފީއެއް ނަގ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ