އަމީތު ޕީޕީއެމްގެ މެމްބަރު ކަމުން ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ޕީޕީއެމްގެ މެމްބަރު ކަމުން މިއަދު ވަކިކޮށްފި އެވެ.
އަމީތު ވަކިކޮށްފައިވަނީ ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައެއް ބެލުމަށްފަހު ކޮމެޓީގެ ފަސް މެމްބަރުންގެ އިއްތިފާގުން ކަމަށް އެ ކޮމިޓީން ބުނެ އެވެ.
އަމީތު ޕީޕީއެމް މެމްބަރު ކަމުން ވަކި ކޮށްފައިވާއިރު އޭނާވަނީ ކޮމިޓީއަށް ޖަވާބުދާރީވުމަށް ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އަދި ހައްގުގެ މަގުގައި ސާބިތުވެ ހުންނާނެ ކަމަށްވެސް އަމީތު ވަނީ ވިދާޅުވެފަ އެވެ.
ރޭގެ ވަގުތެއްގައި ވަނީ ޕީޕީއެމްގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް އެ ޕާޓީން ވަކިކޮށްފަ އެވެ. އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބުރާހިމް (ވައްޑެ) ވެސް ވަނީ އެޕާޓީން ވަކިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ