މިއަދު ހަވީރު 6:00 އަށް ފަހު ކެމްޕޭނެއް ނުކުރެވޭނެ

މިއަދު ހަވީރު 6:00 އިން ފެށިގެން ކެމްޕޭންގެ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދަން އިލެކްޝަން ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި އަންގާފައިވަނީ، މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ލިބޭފަދަ ނުވަތަ ތާއީދު ކުޑަވާފަދަ ނުވަތަ އިންތިހާބަށް ނުފޫޒެއް ފޯރާފާނެ އެއްވެސް އަމަލެއް މިއަދު ހަވީރު 6 އިން ފެށިގެން 24 ސެޕްޓެންބަރު ވާ ހޯމަ ދުވަހުގެ ހެނދުނު 6:00 އާ ދެމެދު އެއްވެސް ވަސީލަތެއްގެ އެހީގައި ނުހިންގުމަށެވެ.
އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 44 ވަނަ މާއްދާގައި ވާގޮތުން އިންތިހާބެއްގައި ވޯޓުނަގާ ދުވަހުގެ ކުރީ ދުވަހު ހަވީރު 6 އިން ފެށިގެން ވޯޓުނަގާ ދުވަހުގެ ފަހުދުވަހުގެ ހެނދުނު 06 އާ ދެމެދު، ތާއީދު ހޯދުމަށް އެއްވެސް ހަރަކާތެއް ނުވަތަ ތާއީދު ހޯދުމަށް މަގުފަހިވާފަދަ އެއްވެސް އަމަލެއް ހިންގުމަކީ މަނާކަމެކެވެ.
އެހެންކަމުން ހައެއްގެ ފަހުން ކެމްޕެއިނާ ގުޅޭ ލަވަޖެހުމާއި ޕޯސްޓަރު ހަރުކުރުމާއި ދިދަ ދެމުމާއި އެއްވެސް ބާވަތެއްގެ ކެމްޕޭން ވާހަކަތަކެއް ނުވަތަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަކީ މަނާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ