ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ދިވެހި ރައްޔިތުން ލަދު ގަންނަވާލައިފި ކަމަށާއި އޭނާއަށް ދެން ސިޔާސީ އެއްވެސް ޕާޓީއަކުން ފުރުސަތު ދީގެން ނުވާނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އިން އިންތިޒާމުކޮށްގެން ރުމާލު 2 ޖަގަހައިގައި ރޭ ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަދައްކަފުޅުދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ ޝާހިދު އެމްޑީޕީން ބޭރުކުރަން ޖެހޭ ކަމަށާއި، އޭނާއަށް ދެން ސިޔާސީ އެއްވެސް ޕާޓީއަކުން ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.
"ރައްޔިތުން ގާނޫނު އަސާސީގެ ދިފާއުގައި ވަކާލާތު ކުރުމަށް ހޮވާފައި ހުރި މީހަކު ރާއްޖެއަކީ ބޭރު ބައެއްގެ ބެކްޔާޑު ކަމަށް ބުނީމާ އޭގަ ބައިވެރިވެރިވެގެން އެކަމަށް އެއްބާރުލުން ދިނުމަކީ އޭނާ އާ މެދު ދައުވާ ކުރަން ޖެހޭނެ ވަރުގެ ކަމެއް" މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
މި މަހުގެ ފަސް ވަނަ ދުވަހުގެ ރެއިން ފެށިގެން 15 ދުވަހުގެ މުއްދަތަށް އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރު ކުރުމަށް މެމްބަރުން ކުރެއްވީ ހައްގު މަސައްކަތެއް ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ޝާހިދު ދިވެހި ރައްޔިތުން ލަދު ގަންނަވާލައިފި - މިނިސްޓަރ ސައީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ