ސަރުކާރަށް މަޖިލިސް މެޖޯރިޓީ ގެއްލި، އެމްޑީއޭވެސް ގުޑަން ފަށައިފި: އުމަރު

ސަރުކާރަށް މަޖިލީހުގައި އޮތް މެޖޯރެޓީ ވެސް ގެއްލި އެމްޑީއޭ އަށްވެސް އޭގެ ލޮޅުންތައް އަރަން ފަށައިފި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިއަދު ކުރެްވި ޓްވިޓެއްގައި ވިދާޅުވެފައިވަނީ، ސަރުކާރަށް އޮތް މަޖިލީހުގެ މެޖޯރެޓީ ވެސް ގެއްލި، އެމްޑީއޭ އަށްވެސް އޭގެ ލޮޅުންތައް އަރަން ފަށާފައިވާ ކަމަށާއި، ޗޭނު ޖަހާފައިވާ ރައީސް މައުމޫނަށް ވަފާތެރި މެންބަރުންވެސް މިހާރު ތިެއްބެވީ ގުޑާފައި ކަމަށް އުމަރުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ. "އިސާހިތަކު މީތި ރޫޅި ކުދިކުދި ވެގެން ފައިބަން ފަށާނެ" އުމަރު ވިދާޅުވެފައި ވެއެވެ.
އުމަރު ނަސީރު މީގެކުރިން ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ، ޖުމްހޫރީ ޕާޓީން އެހެން ޕާޓީތަކަށް ބަދަލުވެ ވަޑައިގެންނެވި މަޖިލިސް މެމްބަރުން ގައުމު ސަލާމަތްކުރުމަށްޓަކައި އަނބުރާ ޖޭޕީއަށް އައުމަށް ގޮވާލައްވާފައެވެ.
ޖޭޕީ , އެމްޑީޕީ , ރައީސް މައުމޫން އަދި އަދާލަތު ޕާޓީ ގުޅިގެން ފަށާފައިވާ އިސްލާހީ މަސައްކަތްތަކުގައި އުމަރު ބައިވެރިވެވަޑައިނުގަންނަވާތީ ގިނަ ބަޔަކު ގެންދަނީ އެކަމާއި ގުޅޭގޮތުން ސުވާލު އުފައްދަމުންނެވެ.
މީގެ ކުރިން އުމަރު ވިދާޅުވީ އެމްޑީޕީއާއި ނަޝީދު މަސައްކަތް ކުރައްވާ ކޯލިޝަނެއްގައި އޭނާ މަސައްކަތް ނުކުރައްވާނެކަމަށާ ނަމަވެސް ހަތަރު ލީޑަރުން ގުޅިގެން ކުރަމުންދާ މަސައްކަތަށް ތާއީދުކުރައްވާކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ