އެމްޑީޕީއާއެކު މަޝްވާރާކުރާ ކަމަށް މައުމޫން ވިދާޅުވެ ދެއްކެވި ވާހަކަތައް ދޮގުކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޖަލު ހުކުމާ ގުޅޭ ގޮތުން ސަރުކާރުން އެމްޑީޕީއާއެކު މަޝްވަރާކުރާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެ ދެއްކެވި ވާހަކަތައް އެމްޑީޕީން ދޮގުކޮށްފި އެވެ.އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ މައުމޫން އަންގާރަ ދުވަހު އިންޑިޔާގެ މަޝްހޫރު ތިންކް ޓޭންކް، އޮބްޒާވާ ރިސާޗް ފައުންޑޭޝަންގެ ދައުވަތަކަށް އިންޑިޔާގެ ނިއުދިއްލީގައި ތަގުރީރުކުރެއްވުމަށް ވަޑައިގެން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދާ ގުޅޭ ގޮތުން ސަރުކާރުން އަމަލުކުރާ ގޮތާމެދު އިތުރުފުޅު ހައްދަވައި ބައިނަލްއަގުވާމީ މުޖުތަމައަށް ސީދާ އޮޅުވާލެއްވުމަށް މަސައްކަތް ކުރައްވާފައިވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ."ނިއުދިއްލީގައި އިސްލާމްދީނުގައި ސުލްވެރިކަމަށް ބާރު އަޅުއްވާ މިންވަރާ މެދު ތަގުރީރުކުރައްވަމުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ރައީސް މައުމޫން އަބްދުލް ގައްޔޫމް ދެއްކެވި ވާހަކަފުޅުގައި ރައީސް މުހައްމަދު ނަޝީދުގެ ޖަލު ހުކުމާ ގުޅޭ ގޮތުން ސަރުކާރުން އެމްޑީޕީއާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމުގައި ވަނީ ވިދާޅުވެފަ އެވެ. މިއީ ކަނޑައެޅިގެން އިތުރުފުޅެކެވެ." އެ ޕާޓީން ނެރުނު ނޫސްބަޔާނެެއްގައި ބުނެފައިވެ އެވެ.އެމްޑީޕީން ބުނީ އިދިކޮޅު ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުމަށް ކަމަށް ބުނެ ސަރުކާރުން އަރުވާފައިވާ ދައުވަތާ މެދު އެ ޕާޓީ އަދި އަދާލަތު ޕާޓީގެ ނިންމުމަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށް ތަކުރާރުކުރާ ކަމަށެވެ. "އެހެންކަމުން ބައިނަލްއަގުވާމީ މުޖުތަމައުއަށް އޮޅުވުލާލުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓާުލުމަށް މިހާރުން މިހާރަށް ގޮވާލަމެވެ،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ