ރާއްޖޭގެ އިރުން، ސްރީލަންކާގެ ދެކުނުގެ ސަރަހައްދުގައި މިއަދު ވަނީ ކޮޅިގަނޑެއް އުފެދިފައި ކަމަށާއި މިކޮޅިގަނޑު މަޑުމަޑުން ހުޅަނގަށް ޖެހެމުންދާނެކަމަށް ލަފާކުރެވޭ ކަމުގައި ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާ އިން ދެންމެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް އަތޮޅުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ބޯކޮށް ވާރޭ ވެހި ގުގުރާ އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އާއްމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.
ލަންކާ ކައިރީގައި ކޮޅިގަނޑެއް އުފެދިއްޖެ، ރާއްޖެ އަށް މޫސުން ގޯސްވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ