މޫސުން ގޯސްވާނެތީ ދެކުނަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވާނެތީ ރާއްޖޭގެ ދެކުނަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެތީ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދު 12:40 އާ ހަމައަށް ކ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅާއި ދެމެދުގެ ސަރަހައްދަށް އެލާޓް ނެރެެފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނި ގޮތުގައި އުތުރާއި އިރު އުތުރުން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާ 13 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މީޓިއޮރޮލޮޖީން ބުނެއެވެ.
އުތުރާއި މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
ބޯކޮށް ވާރޭވެހި ގުގުރާ އަދި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މީޓިއޮރޮލޮޖީން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ