އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ސުލެއިމާން މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން އެ ފުރުޞަތު ހުލުވާފައިވާކަން ހާމަކުރަމުން ވިދާލުވެފައިވަނީ އީސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ހެނދުނު 10:00 ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ސުލެއިމާން މިއަދު އިސްތިއުފާ ދެއްވިސަބަބެއް ހާމަކޮށްފައި ނުވާއިރު, އަޑުތައް ފެތުރިފައިވަނީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އީސީ) ގެ މެމްބަރަކަށް އޭނާ ކުރިމަތިލާން އުޅުއްވާކަމަށެވެ.
އެކަމަކު އެންއައިސީއަށް ކުރިމަތިލުމަށް ތިންވަނަ ފަހަރަށް ހުޅުވާލާފައިވާ ފުރުސަތު މިއަދު ހަމަވާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ސުލައިމާން އިސްތިއުފާ ދެއްވި މި ދަނޑިވަޅަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ނިންމި ނިންމުމާގުޅިގެން އެ ކޮމިޝަނަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ދުވަސްވަރެކެވެ. ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މެންބަރުން ވިދާޅުވާ ގޮތުގައި ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅުމަށް ފަހު އެ ދާއިރާތަކުގެ ބައި އިލެކްޝަން ގާނޫނުގައި ބުނާ މުއްދަތުގައި ނުބޭއްވުމުން ކޮމިޝަން ވަނީ ގާނޫނާ ޚިލާފުވެފަ އެވެ.
އީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ