“ދުވާފަރު ޓީން ކަޕް 2018” މިއަދު ހަވީރު ފެށިއްޖެ

“ދުވާފަރު ޓީން ކަޕް 2018” މިއަދު ހަވީރު ފެށިއްޖެއެވެ. މިމުބާރާތަކީ ސްކޫލް ބަންދާ ދިމާކޮށް ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސިކްސް އަ ސައިޑް މުބާރާތެކެވެ.
ދުވާފަރު ސްކޫލްތަކާއި ޕޮލިސް ސްޓޭޝަން އާއި ދުވާފަރު ފެމެލީ އެންޑް ޗިލްޑްރެންސް ސާވިސް ސެންޓަރު އަދި މެޖިސްޓްރޭޓް މުހައްމަދު ސޯދިޤް ގުޅިގެން ކުރިއަށްގެންދާ މިމުބާރާތް މިމަހުގެ 29 އަށް ކުރިއަށްދާނެއެވެ.
މިމުބާރާތުގެ މައުލޫމާތު އުނގޫފާރު ޑޮޓްކޮމް އަށް ދެއްވަމުން މިމުބާރާތުގެ ކަންކަމުގައި އިސްކޮންއުޅުއްވާ އަހުމަދު ވިދާޅުވީ މިމުބާރާތަކީ ސްކޫލް ބަންދު ދުވަސްތަކުގައި ދަރިވަރުންނަށް ލިބޭ ހުސްވަގުތު ބޭކާރުނުކޮށް ހެޔޮގޮތުގައި ބޭނުންހިފުމަށް ހިތްވަރުދީ އަހުލާގު ރަގަނޅު ބައެއްގެ ގޮތުގައި ކުރިއަށްދިއުމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ.
This slideshow requires JavaScript.
#gallery-10238-1-slideshow .slideshow-slide img {
max-height: 410px;
/* Emulate max-height in IE 6 */
_height: expression(this.scrollHeight >= 410 ? '410px' : 'auto');
}
ގްރޭޑް 7 ން ފެށިގެން ގްރޭޑް 10 އާހަމައަށް ހުރިހާ ގްރޭޑެއްގެ ކުދިންނަށް ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގައި ޖުމުލަ 4 ޓީމުގައި 48 ކުޅުންތެރިން ބައިވެރިވެފައިވެއެވެ. މިމުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު އެއްމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމް ފައިނަލް ކުޅޭ ގޮތަށެވެ.
މިމުބާރާތުގައި ޗެމް ޕިއަންޓީމު ރަނަރަޕް ޓީމް، ފެއަރ ޕްލޭ ޓީމް، ފެއަރ ޕްލޭ ކުޅުންތެރިޔާ، މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިން އަދި އެންމެ މޮޅު ކޯޗު ހޮވުމަށްވަނީ ހަމަޖެހިފައެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރީ ސީބީއެސް ބީ އާއި އެކުވެރިން ޓީމެވެ. މިމެޗު 2 – 1 ލަނޑުން ކާމިޔާބު ކުރީ ސީބީއެސް ބީ އެވެ.
މިމުބާރާތުގައި މާދަމާ ހަވީރުގެ މެޗުގައި ބައްދަލުކުރާނީ ސީބީއެސް އޭ އާއީ ޓީއާރު ބީޗް އެވެ.
+10 ޓެގްރ.ދުވާފަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ