މެކޭނިކަލް ޕާކިން ސިސްޓަމެއް ބެހެއްޓުމަށް މާފަންނު ސަހަރާގައި ކޮނެފައިވާ ވަޅުގަނޑުގައި ފެން ހެދި މަދިރި އުފެދޭ ކަމުގެ ޝަކުވާ ބޮޑުވުމުން އެ ތަނަށް މިއަދު ފަސް އަޅައިފި އެވެ.
މާފަންނު ސަހަރާގެ ދެކުނު ކަނުގައި މީގެ ހަތް މަސް ކުރިން، މިދިޔަ ސަރުކާރުގައި ހައުސިން މިނިސްޓްރީން ބޮޑު ސަރަހައްދެއް ކޮނެފައި ވަނީ ޕާކިން ސިސްޓަމް ބެހެއްޓުމަށް ފައުންޑޭޝަން އެޅުމަށެވެ. މަސައްކަތް ނުފަށައި އޮތުމުން، އެތަނުގައި ފެން ހެދި މަދިރި އާލާވާން ވަނީ ފަށައިފަ އެވެ. އެހެންވެ، ގިނަ ބަޔަކު އައީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
Maafannu Sahara konefa Miyoh madhiri pool in Maafanu rayyithun salaamaiy kohdhehvaa. Miee gaburusathaanu konefa oi thaneh Aamu Rayithun ge sihatha mikamun asaru kurey @etna295 @AslamAslamtey @DrHussainHassan pic.twitter.com/70q83PPlqo— faisal (@Mohamedfaisalv) December 8, 2018
ކަންބޮޑުވުން ފާޅުކޮށް މީހަކު ކޮށްފައިވާ ޓްވީޓެއް--މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފް މިއަދި ވިދާޅުވީ، އެ ސަރަހައްދަށް ވެލި އަޅައި ފޮރުވައިލުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. އެ މަސައްކަތް ކުރަނީ ޕްލޭނިން މިނިސްޓްރީއާ ގުޅިގެން ކަމަށް ސަމާއު ވިދާޅުވި އެވެ.
"މިދިޔަ ސަރުކާރުގައި ވެސް އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރިން އެކަން ހައްލު ކުރަން. އެކަމަކު އޭރު އެކަން ނުވި. މިހާރު ޕްލޭނިން މިނިސްޓްރީއާ ގުޅިގެން މިދަނީ އެ ތަނަށް ފަސް އަޅަމުން،" ސަމާއު ވިދާޅުވި އެވެ.
ސަހަރާގައި ކޮނެފައިވާ ސަރަހައްދަށް ފަސް އަޅަނީ-- ފޮޓޯ: ސަމާއު ޝަރީފް/ސިޓީ ކައުންސިލް
އެތަނުގައި ހަދަން ނިންމާފައިވާ ޕާކިން ސިސްޓަމްގެ މަސައްކަތަށް ދެން ވާނެ ގޮތެއް ނޭނގެ އެވެ. ސަމާއު ވިދާޅުވީ އެކަމާ މެދު އަދި ގޮތެއް ނުނިމޭ ކަމަށެވެ.
މާފަންނު ސަހަރާގައި، މަދިރި އުފެދޭ ވަޅުގަނޑަށް ފަސް އަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ