މެމްބަރުންގެ އިޙްލާސްތެރިކަމާމެދު ރައްޔިތުން ވިސްނާލަންޖެހޭ- ރިފާއު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެމްބަރުންގެ އިޙްލާސްތެރި ކަމާމެދު ރައްޔިތުން ވިސްނާ ފިކުރު ކުރަންޖެހޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެ. ރިފާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބައެއް މެމްބަރުންނަށް މަޖިލީހަށް ހާޒިރުނުވެވޭ ގޮތަށް އޮތްއިރު، ފާރުމަތިން އަރައިގެންވެސް މަޖިލީހަށް ވަންނަން މަސައްކަތް ކުރެއްވި މަންޒަރު ފެނިގެންދިޔަ ކަމަށެވެ.  އެހެންނަމަވެސް ސުޕްރީމް ކޯޓުން، އެމެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމުމުން މަޖިލީހަށް ހާޒިރުވެވަޑައިނުގަންނަވާ ކަމަށް ރިފާއު ވިދާޅުވިއެވެ.
ރިފާއުގެ ޓްވީޓްގައި ވަނީ އެކަންކަމާމެދު ރައްޔިތުން ވިސްނުމަށް ގޮވާލައްވާފައެވެ. މެމްބަރު ރިފާއު އެހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބޭއްވި ޖަލްސާއަށްވެސް ގިނަ މެމްބަރުން ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ. ރިފާއުގެ އިތުރުން އެހެން މެމްބަރުންވެސް ވަނީ މަޖިލީހުގެ މުހިންމު ޖަލްސާތަކަށް މެމްބަރުން ހާޒިރުވެވަޑައިނުގަންނަވާ މައްސަލައިގައި ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެގޮތުން، ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިނުގެން، މެންބަރުން މުސާރަ ނަންގަވާ މައްސަލަ ބަލަން ޖެހޭ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި އޮޑިޓަރ ޖެނެރަލް އޮފީހުގެ އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓު، ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރުމުގެ މަރުހަލާގައި ވާހަކަދައްކަވަމުން ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާންވެސް ވަނީ، އެކަމާމެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގިނަ ދުވަސްތަކަަކަށް މެދުކެނޑިފައި އޮތުމަށްފަހު، ޖަލްސާތައް ފެށުމުން ގިނަ މެމްބަރުން، އެޖަލްސާތަކަށް ހާޒިރުވެވަޑައި ނުގަތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ގިނަ ރައްޔިތުންވެސް ދަނީ ބުނަމުންނެވެ. 
ފަތޯނާ ފާއިޒް
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
މެމްބަރުންގެ އިޙްލާސްތެރިކަމާމެދު ރައްޔިތުން ވިސްނާލަންޖެހޭ- ރިފާއު
1 މިނެޓް ކުރިން
ރެއާލްގެ ދާއިމީ ކޯޗަށް ވާން މަސައްކަތް ކުރާނެކަމަށް ސޮލާރީ ބުނެފި
12 މިނެޓް ކުރިން
ޚަޝޯޤީގެ ގާތިލުން ހިމާޔަތްކުރުމުގެ އެއްވެސް ބޭނުމެއް ނެތް: އުރުދުޣާން
33 މިނެޓް ކުރިން
ރައީސް ޔާމީންގެ ވެރިކަން ދެމެހެއްޓުނީ އެމަނިކުފާނުގެ ދުރުވިސްނުންފުޅުގެ ސަބަބުން
39 މިނެޓް ކުރިން
ބ. އަތޮޅު މެންދޫ ސަރަޙައްދު ހިމާޔަތް ކުރުމަށް މެނޭޖްމަންޓް ޕްލޭނެއް ހަދައިފި
41 މިނެޓް ކުރިން
ބަނގުރާ އުފެއްދުމަށް ބޭނުން ކުރާ ސާމާނާއެކު ލ.އަތޮޅުން މީހަކު ހައްޔަރުކޮށްފި
1 ގަޑި ކުރިން
މޫސަގެ އިތުބާރު ނެތް މައްސަލަ ވައްދާނަން: ފަލާހް
2 ގަޑި ކުރިން
ނުނިދާ ހުރެ ފިލާވަޅު ދަސްކުރުމަކީ ރަނގަޅު ކަމެއް ނޫން
22 ގަޑި ކުރިން
އެންޓި ޑިފެކްޝަން ޤާނޫނު އުވާލުމުގެ ބިލު މަޖިލީހުން ބަލައިގެންފި
3 ގަޑި ކުރިން
ސްރީލަންކާގައި އުޅޭ ދިވެހިން، ބޭރަށް ނިކުމެ އުޅުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި
20 ގަޑި ކުރިން
އަނބުން އެތައް ފައިދާއެއް ލިބޭކަން އެނގޭތަ؟
22 ގަޑި ކުރިން
ދީޕިކާއަށް އޯމްޝާތީ އޯމްއިން ފުރުސަތު ލިބުނީ ކިހިނެއްކަން އެނގޭތަ؟
22 ގަޑި ކުރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ