ވިހެއިތާ އަދި ހަފްތާއެއްވެސް ނުވާ ކުޑަ ކުއްޖަކު އެމެރިކާގެ ހޮސްޕިޓަލެއްގައި ހާޓް ޓްރާންސްޕްލާންޓް އޮޕަރޭޝަން ހަދައިފިއެވެ.
އޮލިވާ ކްރޯފޯޑްގެ ނަން ދީފައިވާ މި ކުއްޖާ ހާޓް ޓްރާންސްޕްލާންޓް ހަދަން ޖެހުނީ ވިހަން ބުނެފައިވާ ދުވަހަށްވުރެ ހަތް ހަފްތާ ކުރިން ވިހެއުމުގެ ސަބަބުން ހިތުގައި މައްސަލަތަކެއް ހުރީމައެވެ. 10 ގަޑި އިރަށް ދިގުދެމިގެންދިޔަ މި އޮޕަރޭޝަން ކުރިއަށް ދިޔައީ އެމެރިކާގެ އަރިޒޯނާ ސްޓޭޓްގެ ފޮއެނިކް ޗިލްޑްރެންސް ހޮސްޕިޓަލުގައެވެ.
އޮލިވާގެ މަންމަ ކެއިލީން ބުނި ގޮތުގައި ވިހެއި އިރު އޮލިވާގެ ހިތުގައި މައްސަލަ ތަކެއް ހުރުމުގެ ސަބަބުން އޮލިވާ ދުނިޔޭގައި މާގިނަ ދުވަހު ހުންނާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ޑޮކްޓަރުން ބުނި ކަމަށެވެ. އަދި އޮލިވާ ދުނިޔޭގައި ބަހައްޓަން ބޭނުންވީތީ ހާޓް ޓްރާންސްޕްލާންޓް ހަދަން ޖެހުނީ ކަމަށާއި އޮޕަރޭޝަން ކުރެވުނީތީ ވަރަށް އުފާވާ ކަމަށް ވެސް އޭނާ ބުންޏެވެ.
" އޮލިވާ ވިހެއުމުގެ ކުރިންވެސް ޑޮކްޓަރުން ވަނީ ބުނެފަ އޮލިވާ އަށް މާގިނަ ދުވަހު ދުނިޔޭގައި ހުރެވޭނެ ކަމުގެ ޔަގީންކަމެއް ނެތް ވާހަކަ. އޮލިވާ އަށް ބަނޑުބޮޑުވެ، 20 ވަނަ އަށް ވީ ހަފްތާގައި ޑޮކްޓަރުން ބުނީ އޮލިވާގެ ހިތުގައި އުނިކަމެއް އެބަހުއްޓޭ. އަސްލު އެމީހުން ބުނީ 36 ވަނަ ހަފްތާގައި ވިހަން. ދެން ހާޓް ޓްރާންސްޕްލާންޓް ހަދައިގެން ނޫނީ އޮލިވާ އަށް ދުނިޔޭގައި އުޅެވެން ނެތްކަން، " އޮލިވާގެ މަންމަ ބުންޏެވެ.
އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދަރިފުޅު ވިހެއިތާ މާގިނަ ގަޑި އިރެއް ނުވަނީސް ހާޓް ޓްރާންސްޕްލާންޓް ހެދުމަށް އޮލިވާގެ ސިއްހަތު ތަންދޭތޯ ބަލަން ސްކްރީން ކޮށްފައިވާ ކަމަށާއި ދަރިފުޅުގެ ފުއްޕާމޭގައި މައްސަލަތަކެއް ހުރިނަމަވެސް އޮލިވާގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށެވެ.
އޮލިވާގެ ބައްޕަ ބުނީ އުއްމީދު ކުރި ވަރަށްވުރެ ރަނގަޅަށް ކަންތައްތައް ދިއުމުން ވަރަށް ހިތްހަމަޖެހޭ ކަމަށާއި މިއީ އިއްތިފާގެއް ކަމަށެވެ. އޮލިވާ ވެގެންދިޔައީ މިހާތަނަށް އެމެރިކާގައި ހާޓް ޓްރާންސްޕްލާންޓް ރިސީވް ކުރި އެންމެ ކުޑަ ކުއްޖާ އަށެވެ.
މަސްދަރު: އަލް އަރަބިއްޔާ
ހަފްތާއެއް ނުވާ ކުޑަ ދަރިފުޅު ހިތުގެ ޓްރާންސްޕްލާންޓް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ