ސްކޫލް ގައިޑް: މި އެޕްލިކޭޝަންތަކުން ޓީޗަރުންނަށް ލުއިކޮށްދޭނެ

ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުންކުރުމާ މެދު ބަހުސް ކުރެވުނު ކަމުގައި ވިޔަސް ހަގީގަތަކީ އެއާ ނުލައި މިހާރު އެއް ކަމެއް ވެސް ވާން ނެތް ކަމެވެ. ޒުވާން ސިކުނޑިތައް ފޫހި ނުވެ ކިޔެވުމުގައި ޝާމިލްކުރުމަށް ޓެކްނޮލޮޖީގެ ބޭނުން ނުކޮށް މިހާރު ވާކަށެއް ވެސް ނެތެވެ. އެހެންވެ ދެން އޮތް ގޮތަކީ އެންމެ އެކަށީގެންވާ ޓެކްނޮލޮޖީ އަކީ ކޮބައިކަން ދެނެގަނެ އޭގެ ބޭނުން ކުރުމެވެ.
މިއީ ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ ވަރަށް ބޭނުންތެރި އެޕްލިކޭޝަންތަކެއްގެ ލިސްޓެކެވެ.
ކަހޫޓް
ކޮންމެ ފިލާވަޅަކީ ކުދިންގެ ޝައުގުވެރި ނުވެދާނެ އެވެ. އެހެންވެ ޓީޗަރުންނަށް ޖެހެނީ ކުދިންގެ މޫޑު ބަދަލުކޮށްލައި، ޝައުވެރިކަން އުފެދޭނެ ގޮތަކަށް ކަންކަން ބަދަލުކޮށްލާށެވެ. މިއީ އެކަން ވަރަށް ފަސޭހަކޮށްދޭނެ އެޕްލިކޭޝަނެކެވެ. މިއީ GetKahoot ވެބްސައިޓުން ކޮށްދޭ ފަސޭހައެކެވެ. ކުދިންނަށް ކުރަން ބޭނުންވާ ސުވާލުތަކާއި އޭގެ ޖަވާބުތައް މި އެޕަަށް ދިނުމަށް ފަހު ޝައުގުވެރި ގޭމްޝޯއެއްގެ ގޮތަށް ފިލާވަޅު ބައްޓަންކޮށްލެވޭނެ އެވެ.
އެންޑްރޮއިޑާއި އައިއޯއެސް އަށް ވެސް މި އެޕް ލިބެން އެބަހުއްޓެވެ.
ގޫގުލް ކްލާސްރޫމް
މީގައި ނެތީ ވަކި ކަމެކޭ ބުނާ ވަރަށް ވުރެ ފުރިހަމަވާނެ އެވެ. އެސައިންމަންޓްތައް ހަވާލުކުރުމާއި ގްރޭޑްކުރުމާއި ޑޮކިއުމަންޓްތައް ގޫގުލް ޑްރައިވްގައި މެނޭޖްކުރުން އަދި ދަރިވަރުންނަށް އަންގަން ބޭނުންވާ ކަންކަން ފަސޭހަކަމާ އެކު އަންގާލަން ވެސް ގޫގުލް ކްލާސްރޫމަކީ އެފަދަ ދެ ވަނައެއް ނެތް ވަސީލަތެކެވެ. އެންޑްރޮއިޑާއި އައިއޯއެސް އަށް ވެސް މި އެޕް ލިބޭނެ އެވެ.
ރިމައިންޑް
އަހަރެމެން މި ތިބީ ވައިބަ ގްރޫޕެއް ހަދައިގެން އޭގެ ތެރެއިން ހުރިހާ ކަމެއް ކުރާށެވެ. އެކަމަކު މިއީ ބޮލަށް ތުރާ ގޮތެކެވެ. ރިމައިންޑް އަކީ ޓީޗަރުންނާއި ބެލެނިވެރިންނާއި ދަރިވަރުން ވެސް ގުޅުވާލައި އަންގަންޖެހޭ އެންގުންތައް އަންގައި ކަންކަން ހަނދާންކޮށްދޭން ވަރަށް ކަމުދާ އެޕެކެވެ. މީގެ ތެރެއިން ވަކި ބަޔަކާ ގްރޫޕް ޗެޓް ހެދުމާއި މީހުންނާ ޕްރައިވެޓްކޮށް މުއާސަލާތުކުރުމާއި އިމޭޖްތަކާއި ލިންކުތައް ފޮނުވައި އަދި ލިޔުންތައް 90 އަށް ވުރެ ގިނަ ބަހަށް ތަރުޖަމާކުރެވޭ ގޮތް ވެސް ހުރެ އެވެ.
އެޑީޓިއޯ
ދަރިވަރުންގެ އެޓެންޑެންސާއި ގްރޭޑާއި ކްލާސް ނޯޓްތަކާއި ނޯޓް ފޮތްތައް އަބަދު ހިފައިގެން އުޅޭނެ ކަމެއް ނެތެވެ. މި އެޕުން އެޓެންޑެންސް ބެލެހެއްޓުމާއި ގްރޭޑް ކަލްކިއުލޭޓްކުރުމާއި ޓައިމްޓޭބަލް ހެދުން ފަދަ ކަންކަން މޯބައިލް ފޯނުން ވެސް ކޮށްލަންވީ އެވެ. ހުރިހާ އެއްޗަކީ ވެސް ފޯނެވެ. ނުވަތަ ޓެބްލެޓެވެ.
ޑޮސޭރީ
މިއީ ހަމައެކަނި އައިއޯއެސް އަށް ލިބޭ އެޕެކެވެ. އެހެންވެ މި އެޕް ކަމުދާނީ އައިޕެޑަށެވެ. ޑޮސޭރީން މޯބައިލް ޑިވައިސްގެ ސްކްރީން ބަދަލުވާނީ ވައިޓް ބޯޑަކަށެވެ. ސްކްރީން ފެންނަ ކޮންމެ އެއްޗެއް ލޭބަލްކޮށް ތަންތަން ފާހަގަކޮށް ލިޔަންވީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ